ads
އެ ވީޑިއޯ ނެރުނީ މިދިޔަ ހޮނިހިރު ދުވަހު-- ފޮޓޯ: ޕީއެލްއޭ އެއާފޯސް އޮންލައިން
ޗައިނާގެ އަސްކަރީ ވީޑިއޯއެއްގައި ހޮލީވުޑް ފިލްމުތަކުގެ މަންޒަރު؟
ޗައިނާގެ އަސްކަރިއްޔާގެ ޕްރޮޕެގެންޑާ ވީޑިއޯއެއްގައި "ޓްރާންސްފޯމާޒް" އަދި "ދަ ރޮކް" ފަދަ ހޮލީވުޑު ފިލްމުތަކުގެ މަންޒަރު ބޭނުންކޮށްފައިވާ ކަމަށް ރިޕޯޓުތައް ބުނެފި އެވެ.

އެ ވީޑިއޯއިން ފެންނަނީ ނިއުކުލިއަ ހަމަލާ ދެވޭ އެޗް-6 ބޯޓުތަކުން ގުއާމް ޕެސިފިކް އައިލެންޑުގައި ހުންނަ އެމެރިކާގެ އަސްކަރީ މަރުކަޒު ކަމަށް ބެލެވޭ ތަނަކަށް ހަމަލާ ދޭ މަންޒަރެވެ. 

ޗައިނާގެ ސޯޝަލް މީޑިއާ ވެއިބޯގައި އެ ވީޑިއޯއަށް ވަނީ ފަސް މިލިއަނަށް ވުރެ ގިނަ ވިއުޒް ލިބިފަ އެވެ. އެކަމަކު ބައެއް މީހުން ވަނީ އޭގައި ހޮލީވުޑު ފިލްމުތަކުގެ މަންޒަރު ބޭނުންކޮށްފައިވާ ކަމަށް ބުނެ މަލާމާތްކޮށްފަ އެވެ. 

"ގޮޑްސް އޮފް ވޯ - އެޓޭކް!" ގެ ނަން ދީފައިވާ ދެ މިނިޓުގެ ވީޑިއޯ އާއްމު ކުރީ ޗައިނާގެ ވައިގެ އަސްކަރިއްޔާގެ ފަރާތުން މިދިޔަ ހޮނިހިރު ދުވަހު އެވެ. 

ސޯޝަލް މީޑިއާ ބޭނުން ކުރާ ފަރާތްތަކުން ބުނެފައި ވަނީ އެ ވީޑިއޯގައި "ޓްރާންްފޯމާޒް" އާއި "ދަ ރޮކް" ގެ އިތުރުން "ހާޓް ލޮކާ" ގެ މަންޒަރުތައް ހިމެނޭ ކަމަށެވެ.

އެކަމާ ގުޅޭ ގޮތުން ޗައިނާގެ އަސްކަރިއްޔާއިން އަދި ވަކި އެއްޗެއް ބުނެފައެއް ނުވެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް