ads
ބޮޑުމަސްތައް ލައްގާފައި-- ފޮޓޯ: ޓަސްމޭނިއާ ޕޮލިސް
އޮސްޓްރޭލިއާގެ އައްސޭރިފަށަށް ލައްގާފައިވާ 90 ބޮޑުމަސް މަރުވެއްޖެ
އޮސްޓްރޭލިއާގެ ޓަސްމޭނިއާ ސަރަހައްދުގެ އައްސޭރިފަށަށް ލައްގާފައިވާ 270 ބޮޑު މަހުގެ ތެރެއިން 90 މަސް މަރުވެއްޖެ އެވެ.

އެ ބޮޑު މަސްތައް ސަލާމަތް ކުރުމުގެ މަސައްކަތް ބާރު ސްޕީޑުގައި ކުރަމުން ދާއިރު، އިތުރު މަސްތައް މަރުވެދާނެ ކަމުގެ ވަނީ ބޮޑުވެފަ އެވެ. 

ޓަސްމޭނިއާގެ ހުޅަނގު އައްސޭރިފަށަށް އެ މަސްތައް ލައްގާފައި ހުރިކަން އެނގުނީ އިއްޔެ އެވެ. އެ މަސްތައް ސަލާމަތް ކުރުމުގެ އޮޕަރޭޝަނުގައި އިސްކޮށް އުޅެނީ މެރިން ބަޔޮލޮޖިސްޓުންނެވެ. 

މަސްތައް އައްސޭރިފަށަށް ލެއްގީ ކިހިނެއް ކަމެއް އަދި ނޭނގެ އެވެ. ނަމަވެސް އެ ސަރަހައްދުގައި ވަރަށް ގިނައިން ބޮޑު މަސް ބީޗަށް ލައްގަ އެވެ. 

ފާއިތުވި 10 އަހަރުގެ ތެރޭގައި ވެސް މިހާ ގިނަ އަދަދެއްގެ ބޮޑު މަސް އެ ސަރަހައްދަށް ލައްގާފައެއް ނުވެ އެވެ. ނަމަވެސް 2009 ވަނަ އަހަރު އެތަނަށް 200 އެއްހާ ބޮޑު މަސް ލެއްގި އެވެ.

މަސްތައް ސަލާމަތް ކުރުމުގެ މަސައްކަތް ކުރަމުން ދާއިރު، އެ އޮޕަރޭޝަނަށް އެތައް ދުވަހެއް ހޭދަވުން އެކަށީގެންވެ އެވެ. 

ޓަސްމޭނިއާ އަކީ އޮސްޓްރޭލިއާގެ ދެކުނުން ވަކިން އޮންނަ ރަށެކެވެ. އެ ރަށަކީ ވެސް އޮސްޓްރޭލިއާގެ ސަރަހައްދެއްގެ ގޮތުގައި ކަނޑައަޅާފައި ވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް