ads
އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރު މުޙައްމަދު އިހުސާން--
އިމްތިހާނުގައި ބައިވެރިވާ ދަރިވަރުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް ގައިޑްލައިންތައް އެކުލަވާލައިފި
އޭ ލެވެލް އިމްތިހާނުގައި ބައިވެރިވާ ދަރިވަރުންގެ ރައްކާތެރިކަން ކަށަވަރު ކުރުމަށް އެކުލަވާލަންޖެހޭ ގައިޑްލައިންތައް އެކުލަވާލާފައިވާ ކަމަށް އެޑިއުކޭޝަން މިނިސްޓްރީން ބުނެފި އެވެ.

ރޭ ހެލްތް އިމާޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ)ގައި ކުރިއަށް ގެންދިޔަ ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓްރު މުހައްމަދު އިހުސާން ވިދާޅުވީ، އިމްތިހާނު ހަދާ ދަރިވަރުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކާ، އެޗް.ޕީ.އޭއާއި، ޓެކްނިކަލް އެޑްވައިޒަރީ ގްރޫޕާއި، އެޑިއުކޭޝަން މިނިސްޓްރީ ގުޅިގެން ގައިޑްލައިންތަކާއި އެސް.އޯ.ޕީތައް ތައްޔާރުކޮށްފައިވާ ކަމަށެވެ. 

އިހްސާން ވިދާޅުވީ ދަރިވަރުންގެ ތެރެއިން ކޮވިޑް-19 އަށް ޕޮޒިޓިވްވާ ދަރިވަރުންނާއި، ޑައިރެކްޓް ކޮންޓެކްޓްވާ ދަރިވަރުންނަށްވެސް އެހެން ދަރިވަރުންނާއި ވަކިން އިމްތިހާނު ހެދުމަށް ހާއްސަ ހޯލިތަކެއް އިމްތިހާން ހަދާ ސެންޓަރުތަކުގައި ހަމަޖައްސާފައިވާކަމަށެވެ. އަދި އެ ހޯލް ތަކަކީ ރައްކާތެރިކަމުގެ ފިޔަވަޅުތައް އިތުރަށް އަޅާ، ބަލަމުންދާނެ ހޯލުތަކެއްކަން ފާހަގަކުރެއްވި އެވެ. 

މީގެ އިތުރުން އިހުސާން ވިދާޅުވީ އިމްތިހާނުގެ ކަންކަން ކުރިއަށްގެންދިއުމުގައި މިހާރުވެސް އަމަލުކުރާ އުސޫލުން މާސްކް އެޅުމާއި، ހުން ބެލުމާއި، އިޖްތިމާއީ ގައިދުރުކަން ބެހެއްޓުންފަދަ ކަންކަން ކުރާނެ ކަމަށެވެ. އަދި މާލޭގެ ސެންޓަރުތަކުގައި އިމްތިހާނުގައި ބައިވެރިވާ ދަރިވަރުންގެ އަދަދު ގިނަވުމުން، އެ ސެންޓަރަކާއި ކައިރީގައި ހުރި އެހެން ސްކޫލްތައްވެސް ހޯލްތަކުގެ ގޮތުގައި ބޭނުންކުރާނެކަމަށް ވިދާޅުވި އެވެ. 

"އިމްތިހާން ހޯލްތަކުގެ ގޮތުގައި ހަމައެކަނި ސީއެޗްއެސްސީ ބޭނުންކުރުމުގެ ބަދަލުގައި އެ ސަރަހައްދުގައި ހުރި އަމީނިއްޔާ ސްކޫލާއި، އިސްކަންދަރު ސްކޫލާއި އަރަބިއްޔާ ސްކޫލު ވެސް ބޭނުންކުރާނެ. ބޭނުމަކީ އެއް ކުއްޖަކު އަނެއްކުއްޖަކާ ބައްދަލުވާ ބައްދަލުވުން ވީހާވެސް މަދުކުރުން."

އޭ ލެވެލް އިމްތިހާނަށް ވާންޖެހޭ އެންމެފަހުގެ ތައްޔާރީތައް ވަމުންދާކަން ފާހަގަކޮށް އިހުސާން ވިދާޅުވީ، ޗީފް އިންވިޖިލޭޓަރުން ތަމްރީން ނުކުރެވި ހުރި ރަށްރަށުގައިވެސް އިންވިޖިލޭޓަރުން ތަމްރީންކޮށް ކޮންމެ ސެންޓަރަކަށް މަދުވެގެން 2 އޮފިޝަލުން ތައްޔާރުކޮށްފައިވާކަމަށެވެ. އަދި ސުވާލު ކަރުދާސްތައް މިމަހުގެ 30ގެ ނިޔަލަށް ސެންޓަރުތަކަށް ފޮނުވޭނެ ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް