ads
ތ. ގުރައިދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު--
ގުރައިދޫ ބަނދަރުގެ 33 އިންސައްތަ މަސައްކަތް ނިންމާލައިފި
ތ. ގުރައިދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ތެރެއިން ފަޅު ފުންކުރުމުގެ މަސައްކަތުގެ 33 އިންސައްތަ ނިމިފައިވާ ކަމަށް އެމްޓީސީސީން ބުނެފި އެވެ.

އެމްޓީސީސީން ބުނީ ގުރައިދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ހަތަރު އިންސައްތަ މަސައްކަތް ނިމިފައިވާ ކަމަށާއި އެ މަޝްރޫއުގެ ދަށުން ފަޅު ފުންކުރުމުގެ 33 އިންސައްތަ މަސައްކަތް ވެސް މިހާރު ވަނީ ނިމިފައި ކަމަށެވެ. 

your imageތ. ގުރައިދޫ ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއު----

އެ މަޝްރޫއުގެ ދަށުން 16،533 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 208 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، 22 މީޓަރުގެ ސަރަޙައްދެއްގައި ރިވެޓްމަންޓް ޖެހުން ހިމެނެ އެވެ.

އަދި 370 މީޓަރުގެ ސަރަޙައްދެއްގައި އެއްގަމު ތޮށިލުމާއި، 370 އަކަ މީޓަރުގެ ސަރަޙައްދެއްގައި ޕޭވްމަންޓް ހެދުން ހިމެނޭ ކަމަށް ވެސް އެމްޓީސީސީން ބުނެ އެވެ.

މިނިސްޓްރީ އޮފް ނޭޝަނަލް ޕްލޭނިން، ހައުސިން އެންޑް އިންފްރާސްޓްރަކްޗާގެ ފަރާތުން އެމްޓީސީސީއާ 2019 ވަނަ އަހަރުގެ އޮކްޓޯބަރު 1 ވަނަ ދުވަހު ހަވާލުކޮށްގެން ކުރިއަށްގެންދާ އެ މަޝްރޫއުއަކީ 46.01 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް