އެސްއެމްއީ ޑިވެލޮޕްމަންޓް ފައިނޭންސް ކޯޕަރޭޝަންއިން ހާމަކޮށްފައިވާ ގޮތުގައި ރިކަވަރީ ލޯނު ސްކީމުގެ ދަށުން މިހާތަނަށް ވަނީ 283.2 މިލިއަން ރުފިޔާގެ ލޯނު ދޫކޮށްފަ އެވެ.
އެ ސްކީމުގެ ދަށުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތަކަށާއި އަމިއްލަ މަސައްކަތް ކުރާ ފަރާތްތަކަށް ލޯނު ދޫކުރާއިރު މިހާތަނަށް ޖުމްލަ 1720 ފަރާތަކަށް ވަނީ ލޯނު ދޫކޮށްފަ އެވެ.
ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބިތަކަށް ބަލާއިރު ކުދި އަދި މެދުފަންތީގެ ވިޔަފާރީގެ ދަށުން 1195 މީހަކަށް ލޯނު ދޫކޮށްފައިވެ އެވެ. އެއީ 267.5 މިލިއަން ރުފިޔާގެ ލޯނެވެ. އަދި އަމިއްލަ މަސައްކަތްކުރާ 525 ފަރާތަކަށް ދޫކޮށްފައިވާ ލޯނުގެ އަދަދު 15.7 މިލިއަން ރުފިޔާއަށް އަރަ އެވެ.