ads
މީރާ/ ފޮޓޯ:އަވަސް
އޮކްޓޯބަރުން ފެށިގެން މީރާ އިން ލައްކައިން މަތީގެ މުއާމަލާތްތައް ދެމުންގެންދާނީ ޑިޖިޓަލްކޮށް!
އޮކްޓޯބަރު މަހުން ފެށިގެން މީރާއަށް ޓެކުހާއި އެހެނިހެން ފީގެ ގޮތުގައި ދައްކާ ފައިސާގެ ތެރެއިން އެއް ލައްކަ ރުފިޔާ އަދި 5000 ޑޮލަރުން މަތީގެ ހުރިހާ މުއާމަލާތްތައް ބަލައިގަންނަމުން ދާނީ ޑިޖިޓަލް އިލެކްޓްރޯނިކް ވަސީލަތްތައް މެދުވެރިކޮށްކަމަށް މީރާ އިން ބުނެފި އެވެ.

މީރާއިން ބުނީ އެހެން ހަދަން ނިންމާފައިވަނީ ބޮޑެތި އަދަދުތަކުން ބަލައިގަންނަ ފައިސާ ޑިޖިޓަލް އިލެކްޓްރޯނިކް ވަސީލަތްތައް މެދުވެރިކޮށް ބަލައިގަތުމާއި ގުޅޭ ރާއްޖޭގައި ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ދެވޭ މާލީ ހިދުމަތްތައް ކުރިއަރުވުމަށް ކަމަށެވެ. 

މީރާއިން އިތުރަށް ބުނީ ރާއްޖޭގެ އިގްތިސާދުގައި ޗެކާއި ނަގުދު ފައިސާއަށް ބަރޯސާވާ މިންވަރު ކުޑަކުރުމުގެ ގޮތުން ޗެކާއި ނަގުދު ފައިސާ ބަލައިގަންނަ މިންވަރު މަދުކުރުމަށް ދައުލަތުގެ އޮފީސްތަކުން ފައިސާ ބަލައިގަތުމުގައި އެއް ލައްކަ ރުފިޔާ އަދި 5000 ޑޮލަރުން މަތީގެ ހުރިހާ މުއާމަލާތްތަކެއް މިއަހަރުގެ އޮކްޓޫބަރު އެކަކުން ފެށިގެން ޑިޖިޓަލް އިލެކްޓްރޯނިކް ވަސީލަތްތައް މެދުވެރިކޮށް ބަލައިގަތުމަށް ފިނޭންސް މިނިސްޓްރީން އަންގާފައި ވުމުން ކަމަށެވެ.

އަންނަ މަހުން ފެށިގެން އެ އޮތޯރިޓީއަށް ޓެކުހާއި އެހެނިހެން ފީގެ ގޮތުގައި ދައްކާ ފައިސާގެ ތެރެއިން އެއް ލައްކަ ރުފިޔާ އަދި 5000 ޑޮލަރުން މަތީގެ ހުރިހާ މުއާމަލާތްތައް ބަލައިގަންނަމުން ގެންދާނީ މީރާގެ އޮންލައިން ޕޯޓަލް މީރާކަނެކްޓް އަދި ވާރުޕޭ ހިދުމަތް މެދުވެރިކޮށް، ކާޑު ނުވަތަ އެމްއާރުޓީޖީއެސް މެދުވެރިކޮށް ކަމަށް މީރާއިން ބުނެވެ.

މީގެ އިތުރުން މީރާއިން ބުނީ އެ ބަދަލު ގެނެވުނު ކަމުގައި ވިޔަސް އެ އޮތޯރިޓީއަށް އޮންލައިންކޮށް ދެއްކުން ލާޒިމްކޮށްފައިވާ ފައިސާ އޮކްޓޯބަރު މަހުގެ ފަހުން ވެސް ބަލައިގަންނަމުންދާނީ ހަމައެކަނި އޮންލައިންކޮށްކަމަށާއި އަދި އެ އޮތޯރިޓީއަށް ބަލައިގަންނަ އެންމެހައި ފައިސާ މީރާކަނެކްޓް ނުވަތަ ވާރުޕޭ މެދުވެރިކޮށް އޮންލައިންކޮށް ދެއްކޭނޭ އިންތިޒާމް ހަމަޖެހިފައިވާތީ، ފައިސާ ދައްކަވަން ބޭނުންވާ އެންމެހައި ފަރާތްތަކުން އޮންލައިން ހިދުމަތް ބޭނުންކުވުމަށް އިލްތިމާސްކުރާކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް