ads
ބައިނަލްއަގްވާމީ އިޝާރާތް ބަހުގެ ދުވަހު ފަސްޓް ލޭޑީ ފަޒްނާ އިޝާރާތް ބަހުން ކުޑަކުދިންގެ ވާހަކައެއް ކިޔައިދެއްވަނީ-- ފޮޓޯ: ޔޫޓިއުބް ވީޑިއޯގެ ސްކްރީންޝޮޓް
ފަސްޓް ލޭޑީ ފަޒްނާ ކުޑަކުދިންނަށް ހާއްސަކޮށް އިޝާރާތް ބަހުން ވާހަކައެއް ކިޔައިދެއްވައިފި!
ބައިނަލްއަގްވާމީ އިޝާރާތް ބަހުގެ ދުވަހާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ފަޒްނާ އަހްމަދު ކުޑަކުދިންނަށް ހާއްސަކޮށް އިޝާރާތް ބަހުން ވާހަކައެއް ކިޔައިދެއްވައިފި އެވެ.

ރައީސް އޮފީހުގެ ޔޫޓިއުބް ޗެނަލްގައި އާއްމުކޮށްފައިވާ ވީޑިއޯ ފައްޓަވަމުން ފަޒްނާ ވަނީ ބައިނަލްއަގްވާމީ އިޝާރަތް ބަހުގެ ދުވަހުގެ ތަހުނިޔާ ހުރިހާ ފަރާތްތަކަށް ފޮނުއްވާފަ އެވެ. 

ވާހަކަދެއްކުމާއި އަޑުއިވުމުން މަހުރޫމުވެފައިވާ މީހުން ހުރިހާ ކަމެއްގައި ޝާމިލް ކުރުމަށް އެންމެން ވެސް އިޝާރާތް ބަހުގެ ކޮންމެވެސް މިންވަރެއް ދަސްކުރަން އެކަމަނާ ވީޑިއޯ ފައްޓަވަމުން އެދިވަޑައިގެންނެވި އެވެ.

އެގޮތުން ކުޑަކުދިންނަށް ހާއްސަ ވާހަކައެއް އެކަމަނާ ކިޔައި ދެއްވީ އިޝާރާތް ބަހުންނެވެ. ވާހަކައިގެ ސަބްޓައިޓްލް އާއި މަންޒަރު ފެންނައިރު، އަނގަބަހުން ވާހަކަ ވިދާޅުވެ ދެއްވަމުން އެކަމަނާ ވަނީ އިޝާރާތް ބަސް ވެސް ބޭނުން ކުރައްވާފަ އެވެ. 

ބައިނަލްއަގްވާމީ އިޝާރާތް ބަހުގެ ދުވަސް ފާހަގަކުރަނީ ކޮންމެ އަހަރަކު ވެސް ސެޕްޓެމްބަރު 23 ގައެވެ. މި އަހަރުގެ މި ދުވަހާ ގުޅިގެން ވަނީ ދުނިޔޭގެ ލީޑަރުންނަށް ޗެލެންޖެއް ހުޅުވާލާފަ އެވެ. 

އެ ޗެލެންޖުގެ ބޭނުމަކީ ވާހަކަދެއްކުމާއި އަޑުއިވުމުން މަހުރޫމުވެފައިވާ މީހުންގެ ޖަމިއްޔާތަކާ ގުޅިގެން ގައުމުތަކުގެ ލީޑަރުން އިޝާރާތް ބަސް ކުރިއެރުވުމެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް