އޭނާ މަސްތުވާތަކެތި ހޯދުމަށް މެނޭޖަރަށް ކޮށްފައި ހުރި ވަޓްސްއެޕް މެސެޖުތަކެއް ލީކުވެފައި ވާއިރު، މުމްބާއީގައި ދީޕިކާ ބޭއްވި ޕާޓީއެއްގެ ފޮޓޯތައް ވެސް މި ވަނީ އާއްމުވެފަ އެވެ.
ޓައިމްސް އޮފް އިންޑިއާ ނޫހުން ރިޕޯޓު ކުރާ ގޮތުގައި އެ ޕާޓީގެ ފޮޓޯތަކާއި ވީޑިއޯތައް ނޭޝަނަލް ނާކޮޓިކްސް ބިޔުރޯ (އެންސީބީ) އިން ބެލުމަށް ވަނީ ނިންމާފަ އެވެ.
ދީޕިކާއާ ދެކޮޅަށް ކުރާ ތުހުމަތުތަކާ ގުޅިގެން އޭނާ މިހާތަނަށް އެއްވެސް އެއްޗެއް ބުނެފައެއް ނުވެ އެވެ. މި ވަގުތު އޭނާ ހުރީ ފިލްމެއްގެ މަސައްކަތަށް ގޯއާގަ އެވެ.