ގީގީ މާބަނޑު އިރު ބޭއްވި ފޮޓޯޝޫޓުގައި ވެސް ވަނީ އެމީހުންނަށް ލިބެނީ އަންހެން ދަރިއެއް ކަމަށް ބުނެފަ އެވެ.
ޒޭން ވަނީ ދަރިފުޅު ވިހެއުމާއެކު ޓްވިޓާ މެދުވެރިކޮށް ފޭނުންނަށް އެކަން އަންގާފަ އެވެ.
ގީގީ ވިހެއުމާ ހަމައަށް ދިރިއުޅުނީ އޭނާގެ މަންމަގެ ގޭގަ އެވެ. އެތަނުގައި މެޑިޓޭޓުކޮށް، ގިނައިން ހިނގާ ހެދި ކަމަށް ވެއެވެ.
ދަރިފުޅު ވިހެއިކަން އާއްމު ކުރުމާއެކު ފޭނުން ދަނީ ގީގީ އާއި ޒޭން އަށް މަރުހަބާ ކިޔަމުންނެވެ.
ގީގީ އާއި ޒޭން އެކުގައި އުޅޭތާ މިހާރު ގާތްގަނޑަކަށް ފަސް އަހަރު ވެއްޖެ އެވެ. މިއީ އެ ދެ މީހުންގެ ފުރަތަމަ ދަރިފުޅެވެ.
އެ ދެ މީހުންގެ އިތުރުން ލަވަކިޔުންތެރިޔާ ކޭޓީ ޕެރީ އާއި އެކްޓަރު އޯލަންޑޯ ބްލޫމް ވެސް ދާދި ފަހުން ވަނީ އަންހެން ދަރިފުޅަކަށް މަރުހަބާ ކިޔާފަ އެވެ.