ދާދި ފަހުން އޭނާ މި ވަނީ ފެޝަން ޑިޒައިނަރު މަނީޝް މަޅޯތްރާގެ ބްރައިޑަލް ކަލެކްޝަންގެ މޮޑެލްއެއްގެ ގޮތުގައި މަސައްކަތް ކޮށްފަ އެވެ.
މަޑު ފެހި ކުލައެއްގެ ވެޑިން ހެދުމެއްގައި ޖާންވީ ހުންނަ ފޮޓޯތައް ވަނީ އާއްމުވެފަ އެވެ. އެ ހެދުމަކީ އިންޑިއާގެ ސަގާފީ ވައްތަރެއްގެ ހެދުމެއް ކަމަށް ވެއެވެ.
ޖާންވީ ކަޕޫރު--
ޖާންވީ މިހާރު ކަރަންޓީނުގައި ވަގުތު ހޭދަކުރަނީ ބައްޕަ ބޯނީ ކަޕޫރާއި ދައްތަ ހުޝީ އާއެކު ގޭގަ އެވެ. ނަމަވެސް ސޯޝަލް މީޑިއާގައި އޭނާ ފޭނުންނާ ވާހަކަދައްކާ ހަދަ އެވެ.
ޖާންވީގެ ކުރިއަށް އޮތް ފިލްމަކީ ރާޖްކުމާރު ރާއޯ އާއެކު ފެނިގެންދާ "ރޫހީ އަފްޒާ" އެވެ.