ads
ރިއާ--
ޑްރަގް މައްސަލާގައި ބޮލީވުޑް ތަރިންގެ ނަންތައް ރިއާ ހާމަނުކުރާ ކަމަށް ބުނެފި
އިންޑިއާގެ ނޭޝަނަލް ނާކޮޓިކްސް ބިޔުރޯ (އެންސީބީ) އިން ބަލަމުންދާ މަސްތުވާތަކެތީގެ މައްސަލައާ ގުޅިގެން ބޮލީވުޑުގެ އެއްވެސް ތަރިއެއްގެ ނަން ރިއާ ޗަކްރަބަތީ ހާމަކޮށްފައި ނުވާނެ ކަމަށް އޭނާގެ ވަކީލު ސަތީޝް މަނޭޝިންޑޭ ބުނެފި އެވެ.

ސީއެންއެން ނިއުސް18 އަށް ދިން އިންޓަވިއުގައ ސަތީޝް ބުނީ ބޮލީވުޑު އެއްވެސް އެކްޓަރެއްގެ ނަން ރިއާ ތަހުގީގަށް ދީފައި ނުވާ ކަމަށެވެ. 

ސެލެބްރިޓީ މެނޭޖަރު ޖާޔާ ސާރާގެ ވަޓްސްއެޕް މެސެޖުތަކެއް ލީކުވެފައިވާ ވާއިރު، އޭގައި ދީޕިކާ ޕަޑުކޯން، ޝްރައްދާ ކަޕޫރު، މަދޫ މަންތޭނާ ފަދަ ތަރިންގެ ނަން ހިމެނެ އެވެ. 

އެ މެސެޖުތައް ލީކުވި މައްސަލައާ ގުޅިގެން ސަތީޝް ބުނީ ޖާޔާކޮށްގެން އުޅޭ ކަމެއް އިނގޭނީ ހަމަ އޭނާއަށް ކަމަށެވެ. ނަމަވެސް ޖާޔާ ވަނީ ސުޝާންތް ސިންގް ރާޖްޕުތާއި ރިއާއަށް ސީބީޑީ އޮއިލް ފޮނުވާފައި ކަމަށް ބުންޏެވެ.

އޭނާ ބުނި ގޮތުގައި ސީބީޑީ އޮއިލަކީ މަސްތުވާއެއްޗަކުން އުފައްދާ ތެލެއް ނަމަވެސް، އޭގެން މަސްތެއް ނުވެވޭނެ އެވެ. އަދި އޭނާ ވަނީ ބޮލީވުޑުގެ ތަރިން އަތުލައިގަތުމަށް އެންސީބީން "ވިޗްހަންޓް" އަށް ގޮސްފައި ވާތީ ފާޑުކިޔާފަ އެވެ. 

ސަތީޝް ބުނީ އޭގެ ބަދަލުގައި އިންޑިއާގެ ބޯޑަރު ސަރަހައްދުތަކުގައި މަސްތުވާތަކެތި އެތެރެ ކުރާ މީހުން ހޯދުން މާ ރަނގަޅު ވާނެ ކަމަށެވެ. 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް