ads
ފުލުހުން މަސްތުވާތަކެތި ހޯދުމަށް ހިންގާ އޮޕަރޭޝަނެއް--
މަސްތުވާތަކެއްޗާއެކު ކުޅުދުއްފުށިން މީހަކު ހައްޔަރުކޮށްފި
ހދ. ކުޅުދުއްފުށިން މަސްތުވާތަކެއްޗާއެކު އިއްޔެ މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުންގެ އިންޓެލިޖެންސާއި ކުޅުދުއްފުށި ޕޮލިސް ސްޓޭޝަން ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ހައްޔަރު ކުރީ އުމުރުން 26 އަހަރުގެ ދިވެހި ފިރިހެނެކެވ. 

ކުޅުދުއްފުށި ބަނދަރު ސަރަހައްދުން އިއްޔެ ހަވީރު 04:35 ހާއިރު އޭނާ ހައްޔަރު ކުރިއިރު، މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ އެއްޗެއް ހުރި ރަބަރު ޕެކެޓެއް ފެނިފައި ވެއެވެ. 

ފުލުހުން ބުނީ އެ މައްސަލަ އިތުރަށް ތަހުގީގު ކުރަމުންދާ ކަމަށެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި އެ މައްސަލާގައި ހައްޔަރުކޮށްފައި ވަނީ ހދ. ހިރިމަރަދޫ ފެނަކަ ބްރާންޗުގެ ސުޕަވައިޒަރެވެ. އަދި އޭނާ ވަނީ އެމްޑީޕީ ޓިކެޓުގައި ލޯކަލް ކައުންސިލް އިންތިހާބުގެ ހިރިމަރަދޫ ގޮނޑިއަކަށް ވާދަކުރަން ނިންމާފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް