ads
ޑަބްލިއުއެޗްއޯގެ ޑިރެކްޓަރް ޖެނެރެލް ޑރ. ޓެޑްރޯސް އަދަނޮމް--
ދޮގު މައުލޫމާތު ފެތުރުން ހުއްޓުވުމަށް ޑަބްލިއުއެޗްއޯއިން ގައުމުތަކަށް ބާރުއަޅައިފި
ކޮވިޑް-19 ގެ ބަލިމަޑުކަން ދުނިޔެއަށް ކުރިމަތިވެފައިވާ މި ދަނޑިވަޅުގައި ދޮގު މައުލޫމާތު ފެތުރުން ހުއްޓުވުމަށް ގައުމުތަކުން މަސައްކަތް ކުރުމަށް ދުނިޔޭގެ ސިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ގޮވާލައިފި އެވެ.

ޑަބްލިއުއެޗްއޯ އާއި އދ.ގެ ގުޅިފައިވާ އެހެން ޖަމިއްޔާތަކުން ގޮވާލާފައި ވަނީ ހިޔާލު ފާޅު ކުރުމުގެ މިނިވަންކަމަށް ޖާގަދިން ނަމަވެސް ދޮގު މައުލޫމާތު ފެތުރުން ހުއްޓުވުމަށެވެ. 

އޭގެ އިތުރުން ސައިންސްގެ އަލީގައި ބާރު ލިބޭ ތެދު މައުލޫމާތު ފެތުރުމަށް ބާރު އެޅުމަށް ވެސް އެ ޖަމިއްޔާތަކުން ވަނީ ހުރިހާ މެމްބަރު ގައުމަކަށް ގޮވާލާފަ އެވެ. 

"މި ވައިރަސް ދުނިޔޭގައި ފެތުރެން ފެށުމާއެކު ދޮގު އަދި ނުރައްކާތެރި މެސެޖުތައް ހިފެހެއްޓުމެއް ނެތް މިންވަރަށް ސޯޝަލް މީޑިއާގައި ފެތުރުމުގެ ސަބަބުން މީހުން ކަންކަން އޮޅިގެންދިޔަ،" އދ.ގެ ސެކެޓްރީ ޖެނެރަލް އެންޓޯނިއޯ ގުޓަރޭސް ވިދާޅުވި އެވެ. 

އެހެންކަމުން "ވެރިފައިޑް" ގެ ނަމުގައި އދ. އިން އަންނަނީ މީޑިއާތަކާއި ސޯޝަލް މީޑިއާތަކާއި، މަޝްހޫރު އެކި މީހުންނާ ގުޅިގެން ރަނގަޅު، ތެދު މައުލޫމާތު ފެތުރުމަށް ކެމްޕޭނަށް ހިންގަމުންނެވެ. 

އެ ކެމްޕޭނުގެ ދަށުން ގައުމުތަކަށް ބާރު އަޅަމުން ދަނީ އެކްޝަން ޕްލޭނުތައް ފަރުމާ ކުރުމުގައި ދޮގު މައުލޫމާތު ފެތުރުން ހުއްޓުވޭނެ ގޮތްގޮތަށް ވިސްނުމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
100%
ވަރަށް ސަލާމް
ކޮމެންޓްސް