ads
close
ރައްޔިތުންގެ ސީދާ ބާރުވެރިކަމަށް
ދައުލަތުގެ އޮނިގަނޑު ފުރޮޅާލުން
edheyraajje.mv #beynenmabeynun #edheyraajje
ނޫސްވެރިކަމުގެ އިނާމަށް 11 ދާއިރާއަކުން 80 ހުށަހެޅުމެއް
ނޫސްވެރިކަމުގެ އިނާމަށް 11 ދާއިރާއަކުން 80 ހުށަހެޅުން ލިބިފައިވާ ކަމަަށް މޯލްޑިވްސް މީޑިއާ ކައުންސިލުން ބުނެފި އެވެ.
Advertisement

މޯލްޑިވްސް މީޑިއާ ކައުންސިލުން ދޭ އެ އިނާމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގައި ތަހުގީގީ ނޫސްވެރިކަމުގެ ދާއިރާއިން ދެ ނޫސްވެރިއަކު އެވޯޑަަށް ކުރިމަތިލާފައިވެ އެވެ. އެއީ މުޅިން އަލަށް ހުޅުވާލި ފުރުސަތެކެވެ. 

އަދި އިޖުތިމާއީ، ތާރީހާއި ސަގާފަތް، ފަންނުވެރިކަމުގެ ދާއިރާއިން ޕްރިންޓް/ އޮންލައިން ދާއިރާއިން 10 ނޫސްވެރިއަކު އެވޯޑަށް ކުރިމަތިލިއިރު ބްރޯޑްކާސްޓިން ކެޓަގަރީން އެ ދާއިރާތަކުން އެވޯޑަށް ކުރިމަތިލާފައި ވަނީ އެންމެ ނޫސްވެރިއެކެވެ. 

އޭގެ އިތުރުން ތިމާވެއްޓާއި ދެމެހެއްޓެނެވި ތަރައްގީގެ ރޮނގުން ތިން ނޫސްވެރިއަކު އެވޯޑަށް ކުރިމަތިލިއިރު ސިޔާސީ ދާއިރާއިން ނުވަައެއް އަދި ޝަރުއީ، ގާނޫނީ ރޮނގުން އެވޯޑަަށް ހަތަރު ނޫސްވެރިއަކު ކުރިމަތިލާފައިވެ އެވެ. 

ވިޔަފާރިއާއި އިގްތިސޯދީ ރޮނގުން ވެސް ހަ ނޫސްވެރިއަކު ކުރިމަތިލާފައިވާއިރު ކުޅިވަރުގެ ރޮނގުން ކުރިމަތިލާފައި ވަނީ ހަތަރު ނޫސްވެރިއެކެެވެ. އަދި ފީޗާ/ ރިޕޯޓް ރޮނގުން 28 ނޫސްވެރިއަކު އެވޯޑަށް ވަނީ ކުރިމަތިލާފަ އެވެ. އެއީ އެއް ދާއިރާއަކުން އެންމެ ގިނަ ނޫސްވެރިން އެވޯޑަށް ކުރިމަތިލި ދާއިރާ ވެސް މެ އެވެ. 

އޭގެ އިތުރުން ފޮޓޯ ޖާނަލިޒަމް ރޮނގުން ފަސް ނޫސްވެރިއަކު ކުރިމަތިލާފައިވާއިރު ވީޑިއޯ ޖާނަލިޒަމް ރޮނގުން ކުރިމަތިލާފައި ވަނީ އެންމެ ދެ ނޫސްވެރިންނެވެ. އަދި އެންމެ އުއްމީދީ ނޫސްވެރިޔާގެ އިނާމަށް ފަސް ނޫސްވެރިއަކު ކުރިމަތިލާފައިވެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް