ads
އަބީޝޭކް ބައްޗަން
ފާޑުކީ މީހަކަށް އަބީޝޭކްގެ ވަރުގަދަ ރައްދެއް
އަބީޝޭކް ބަޗަން ފޮލޯކުރާ މީހުން ޓްވިޓާގައި ގިނައީ އޭނާގެ އާއިލާގެ ސަބަބުން ކަމަށް ބުނި މީހަކަށް އަބީޝޭކް ވަރުގަދަ ރައްދެއް ދީފި އެވެ.

ޓްވިޓާގައި އެ މީހާ ބުނެފައި ވަނީ އަބީޝޭކްގެ 15.3 މިލިއަން ފޮލޯވަރުންނަކީ އޭނާ މަޝްހޫރު އާއިލާއަކަށް ނިސްބަތް ވާތީ ލިބިފައިވާ ފޮލޯވަރުން ކަމަށެވެ.

އަދި އަބީޝޭކްއާ އަޅާބަލާއިރު އެކްޓަރު ޕްރާޗީ ދޭސާއި އަށް އެންމެ 1.3 މިލިއަން މީހުން ފޮލޯ ކުރަނީ އޭނާ މަޝްހޫރު އާއިލާއަކަށް ނިސްބަތް ނުވާތީ ކަމަށް ވެސް އެމީހާ ވަނީ ބުނެފަ އެވެ.

އެމީހާއަށް ރައްދުދެމުން އަބީޝޭކް ބުނީ ސޯޝަލް މީޑިއާގައި މީހުން ފޮލޯ ކުރާ މިންވަރަކީ މީހެއްގެ މަގްބޫލުކަން، ކާމިޔާބީ އަދި ކުޅަދާނަކަން އަގު ކުރެވޭނެ މިންގަނޑެއް ނޫން ކަމަށެވެ. 

އަދި ޕްރާޗީ ދޭސާއި އަށް ސޯޝަލް މީޑިއާގައި ގިނަ ފޮލޯވަރުން ބޭނުން ނުވާ ކަމަށާއި އޭނާގެ މަސައްކަތުން އެކަނިވެސް މަގްބޫލުކަން ލިބިފައިވާ ކަމަށް އަބީޝޭކް ބުންޏެވެ.

އަބީޝޭކް އާއި ޕްރާޗީ މީގެ ކުރިން ވަނީ "ބޯލް ބަޗަން" ފިލްމުގައި އެކުގައި މަސައްކަތްކޮށްފަ އެވެ. އެ ފިލްމުގައި އަޖޭ ދޭވްގަން ވެސް އުޅުނެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް