ads
ޒްލަޓާން އިބްރޮހޮމަވިޗް
ޒްލަޓާން އިބްރޮހޮމަވިޗް ކޮވިޑަށް ޕޮޒިޓިވް ވެއްޖެ
އޭސީ މިލާންގެ ތަކުރިބާކާރު ފޯވާޑް، އުމުރުން 38 އަހަރުގެ ޒްލަޓާން އިބްރޮހޮމަވިޗް ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

ޒްލަޓާން، ކޮވިޑަށް ޕޮޒިޓިވްވިކަން އޭނާވަނީ ބުރާސްފަތި ދުވަހުގެ ރޭ ޓްވިޓާ މެދުވެރިކޮށް އިއުލާންކޮށްފަ އެވެ. ޒްލަޓާން ކޮވިޑަށް ޕޮޒިޓިވްވި ނަމަވެސް އެއްވެސް އަލާމާތެއް ނެތް ކަމަށާއި އޭނާގެ ހާލު ރަނގަޅު ކަމަށް އޭނާ ބުންޏެވެ. 

"އިއްޔެ އަހަރެން ކޮވިޑަށް ނެގެޓިވް. މިއަދު ޕޮޒިޓިވް. ބަލީގެ އެއްވެސް އަލާމާތެއް ނެތް. ކޮވިޑު އަހަރެންނާ ބައްދަލު ކުރުމަކީ އެހާ ބުއްދިވެރި ޚިޔާލެއް ހެނެއް ހިއެއް ނުވޭ،"

 

އުމުރުން 38 އަހަރުގެ ޒްލަޓާން ކޮވިޑަށް މި ޕޮޒިޓިވްވީ، އިޓާލިއަން ލީގުގެ އާ ސީޒަންގެ ފުރަތަމަ މެޗުގައި އޭސީ މިލާނުން މޮޅު ކުޅުމެއް ދައްކާ، ޒްލަޓާންގެ ދެ ލަނޑުން މެޗު ކާމިޔާބުކޮށްފައިވަނިކޮށެވެ. 

ޒްލަޓާން، ކޮވިޑަށް ޕޮޒިޓީވްވުމާއި ގުޅިގެން އޭނާ މިހާރުވަނީ ކަރަންޓީނު ކުރެވިފައެވެ. އަދި އޭސީ މިލާނުގެ އެހެން އެއްވެސް ކުޅުންތެރިއަކު މިއަދު ހެދި ޓެސްޓްތަކުން ކޮވިޑަށް ޕޮޒިޓީވްވެފައެއް ނުވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް