ޒޭން އާއި ޖީޖީ ލޯބީގެ ގޮތުން ގުޅިފައި ވަނީ 2015 އަހަރެވެ. އެކަމަކު އެ މުއްދަތުގައި ވެސް ދޭތެރެއަކުން ރުޅިވުމަށް ފަހު ރައްޓެހިވެ އެވެ.
އިއްޔެ ޖީޖީ ވިހާފައިވާކަން ސޯޝަލް މީޑިއާ މެދުވެރިކޮށް ހިއްސާކޮށް ޒޭން ވަނީ އަންހެން ކުއްޖަކު ލިބިފައިވާކަން އިއުލާންކޮށްްފަ އެވެ. އަދި ބަޔާންނުކޮށްދެވޭހާ އުފާވެރި އިހުސާސްތަކެއް ކުރެވޭކަމަށް ބުނެ ދަރިފުޅު ދެކެވާ ލޯބި ވެސް ބަޔާން ނުކުރެވޭ ކަމަށް ވަނީ ބުނެފަ އެވެ.
އެވާހަކަ ހިއްސާކުރީ ދަރިފުޅުގެ އަތުގައި ހިފައިގެން ނަގާފައިވާ ފޮޓޯއެއް ވެސް ސޯޝަލް މީޑިއާއަށް ދޫކޮށްލަމުންނެވެ. އެއާއެކު އެ އާއިލާއަށް ސަޕޯޓަރުން ދަނީ މަރުހަބާ ކިޔަމުންނެވެ.