ads
ޓެއިލާ ސްވިފްޓް އަދި ޖީޖީ ހަދީދް--
ޓެއިލާ ފަހާފައިވާ ސްވެޓާއެއް ޖީޖީގެ ދަރިފުޅަށް ހަދިޔާކޮށްފި
ޖީޖީ ހަދީދް އާއި ޒެއިން މާލިކްގެ ދަރިފުޅަށް ޓެއިލާ ސްވިފްޓު ފަހާފައިވާ ފިޔާތޮށި ކުލައިގެ ސްވެޓާއެއް ހަދިޔާކޮށްފި އެވެ.
Advertisement

ޖީޖީ އާއި ޒެއިން އަށް މިދިޔަ ހަފްތާގައި އަންހެން ދަރިއަކު ލިބިފައި ވާއިރު، އެ ސްވެޓާ ދަރިފުޅު ކައިރީގައި އޮންނަ ފޮޓޯއެއް ޖީޖީ ވަނީ އާއްމުކޮށްފަ އެވެ. 

އެ ފޮޓޯއާއެކު ޖީޖީ ބުނެފައި ވަނީ އެއީ އާންޓީ ޓެއިލާ ސްވިފްޓް ފަހައިދިން ސްވެޓާއެއް ކަމަށެވެ. ޖީޖީ އާއި ޒެއިންގެ ދަރިފުޅަށް ކިޔާ ނަމެއް އަދި ހާމަކޮށްފައެއް ނުވެ އެވެ.

ޓެއިލާ މީގެ ކުރިން ވަނީ ކޭޓީ ޕެރީ އާއި އޯލަންޑޯ ބްލޫމަށް ލިބުނު އަންހެން ދަރިފުޅަށް ވެސް ހަމަ އޭގެ ފިޔާތޮށި ކުލައިގެ ސްވެޓާއެއް ހަދިޔާކޮށްފަ އެވެ. 

ކޭޓީ އާއި އޯލަންޑޯގެ ދަރިފުޅަށް ކީ ނަމަކީ ޑެއިޒީ ޑޮވް ބްލޫމް އެވެ. އެ ކުއްޖާ ވިހާފައި ވަނީ މިދިޔަ އޯގަސްޓު މަހުގެ ތެރޭގަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް