
މެޓު އޮފީހުން މިއަދު ހެނދުނު ޔެލޯ އެލާޓް ނެރެފައިވަނީ ހއ. އަތޮޅުން ފެށިގެން ކ. އަތޮޅާ ހަމައަށެވެ. އެލާޓް ނެރެފައިވަނީ މިއަދު މެންދުރު 1:30 ހަމައަށެވެ.
މެޓް އޮފީހުން އެލާޓް ނެރެފައިވަނީ ވައިގަދަވާނެކަމަށް ލަފާކޮށެވެ. އެގޮތުން ގަޑިއަކު 25-30 މޭލާ ދެމެދުގައި ބާރުމިނުގައި ވައިޖެހޭނެކަމަށް މެޓް އޮފީހުން ލަފާކުރެއެވެ. އަދި އަދި ވިލާގަނޑުގައި 50 މޭލަށް ވައިގަދަވާނެކަމަށްވެސް މެޓް އޮފީހުން ބުނެއެެވެ. އެހެންކަމުން ކަނޑުތައް ވަރަށް ގަދަވާނެކަމަށް މެޓް އޮފީހުން ބުނެއެވެ.
ރާއްޖޭގެ އެހެން ހިސާބުތަކަށް ވަނީ ވައިޓް އެލާޓް ވަނީ ނެރެފައެވެ. އެގޮތުން އއ. އަތޮޅުން ފެށިގެން ލ. އަތޮޅާ ހަމައަށް ވައިޓް އެލާޓް ނެރެފައިވަނީ ވެސް ވައިގަދަވާނެކަމަށް ލަފާކޮށެވެ. މެޓް އޮފީހުން ބުނީ ވައިޓް އެލާތް ނެރެފައިވާ ސަރަހައްދަށް ގަޑިއަކު 19-24 މޭލާ ދެމެދުގައި ބާރުމިނުގައި ވައިޖެހޭނެކަމަށް މެޓް އޮފީހުން ލަފާކުރެއެވެ. އަދި އަދި ވިލާގަނޑުގައި 45 މޭލަށް ވައިގަދަވާނެކަމަށްވެސް މެޓް އޮފީހުން ބުނެއެވެ.