ads
ފޮޓޯ: ރައީސް އޮފީސް
ފަލަސްޠީނުގެ މައްސަލައަށް ހައްލެއްބޭނުންވޭ: ރައީސް
ފަލަސްޠީނުގެ މައްސަލައަށް ޙައްލެއްލިބި ޞުލްޙަ ޤާޢިމުކުރެވޭނީ އދ ގެ ނިންމުމާ އެއްގޮތަށް ފަލަސްޠީނުގެ ސަރަހައްދީ ރޮނގު 1967 ގެ ކުރީގައި އޮތްގޮތަށް، އިރުމަތީ ޤުދުސްއަކީ ޕަލަސްޠީނުގެ ވެރިރަށުގެ ގޮތުގައި ބަލައިގަނެ ޤާޢިމުކުރެވޭ ފަލަސްޠީނުގެ ދަޢުލަތާއެކުކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.
ފަލަސްޠީނުގެ މައްސަލައަށް ޙައްލެއްލިބި ޞުލްޙަ ޤާޢިމުކުރެވޭނީ އދ ގެ ނިންމުމާ އެއްގޮތަށް ފަލަސްޠީނުގެ ސަރަހައްދީ ރޮނގު 1967 ގެ ކުރީގައި އޮތްގޮތަށް، އިރުމަތީ ޤުދުސްއަކީ ޕަލަސްޠީނުގެ ވެރިރަށުގެ ގޮތުގައި ބަލައިގަނެ ޤާޢިމުކުރެވޭ ފަލަސްޠީނުގެ ދަޢުލަތާއެކުކަމުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހު ވިދާޅުވެއްޖެއެވެ.

ރައީސް ސާލިހު މިފަދައިން ވިދާޅުވީ މިއަދު ފާހަގަކުރާ، ފަލަސްޠީނުގެ ރައްޔިތުންނާ އެއްބައިވަންތަކަން ހާމަކުރުމުގެ ބައިނަލްއަޤްވާމީ ދުވަހުގެ މުނާސަބާގައި ފަލަސްޠީނުގެ ރައީސް މަޙްމޫދު ޢައްބާސްއަށް ފޮނުއްވި މެސެޖެއްގައެވެ. އެ މެސެޖުގައި ދިވެހި ސަރުކާރާއި ރައްޔިތުންގެ ޒަމާންވީ އެކުވެރި ގާތްގުޅުމާއި ފަލަސްޠީނުގެ ރައްޔިތުންނަށް އޮތް ތާޢީދު ދެގޮތެއްނުވެ އެގޮތުގައި ދެމިއޮންނާނެކަން ފާހަގަކުރައްވާފައި ވެއެވެ.

އެގޮތުން ފަލަސްޠީނުގެ ރައްޔިތުންނާމެދު ކުރެވޭ ބޭއިންސާފު އަދި ހިންގާ ލާއިންސާނީ އަމަލުތަކުގެ ސަބަބުން ފަލަސްޠީނުގެ ރައްޔިތުންނަށް ތަޙައްމަލުކުރަންޖެހިފައި ވަނީ ދަތި އުނދަގޫ ދިރިއުޅުމެއްކަންވެސް ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ފާހަގަކުރައްވާފައިވެއެވެ.

އަދި އެތައްއަހަރެއް ވަންދެން ނިގުޅައިގަނެފައިވާ ފަލަސްޠީނު ރައްޔިތުންގެ ޙައްޤުތައް އަނބުރައި ހޯދައިދެވޭނީ އދ އިން ކަނޑައަޅާފައިވާ ގޮތަށް ފަލަސްޠީނުގެ މިނިވަން ދަޢުލަތެއް ވެސް ޤާއިމުކުރެވިގެންކަން ފާހަގަ ކުރައްވައި އެ މަސައްކަތް އަވަސްކުރުމަށް ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ގޮވާލައްވާފައިވެއެވެ.

ޞުލްޙައަށް ކުރެވޭ މަސައްކަތްތައް ކުރިޔަށްދާންވާނީ އދ ގެ ސަލާމަތީ މަޖުލީހާއި އދ ގެ އާންމު މަޖުލީހުގެ ޤަރާރުތަކާއި ޤާނޫނުތަކާ އަދި އެނޫންވެސް ބައިނަލްއަޤްވާމީ ޤާނޫނުތަކާއި މިންތަކާ އެއްގޮތްވާ ގޮތުގެމަތިންކަންވެސް ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ފާހަގަކުރައްވާފައިވެއެވެ.

ފަލަސްޠީނުގެ ރައްޔިތުންނަށް ލިބިގެންވާ މި ޙައްޤުތައް ލިބިދިނުން ލަސްވެ، ދިގުލައިގެންދާތީ އެކަމުގެ ކަންބޮޑުވުން ރައީސުލްޖުމްހޫރިއްޔާގެ މެސެޖުގައި ފާޅުކުރައްވާފައި ވެއެވެ.

އަދި ފަލަސްޠީނުގެ ރައްޔިތުންނާ ދެކޮޅަށް ހިންގާ ލާއިންސާނީ ޢަމަލުތަކާއި ބޭއިންސާފާއި ދެކޮޅަށް ފަލަސްޠީނުގެ ރައްޔިތުން ކުރަމުން ގެންދާ މަސައްކަތުގައި އެޤައުމުގެ ރައްޔިތުންނާއެކު ދިވެހި ސަރުކާރާއި ރައްޔިތުން ދެމި ތިބޭނެކަމުގެ ޔަޤީންކަންވެސް ރައީސްގެ މެސެޖުގައި ދެއްވާފައިވެއެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް