ads
އިންޑިއާގެ ބޮޑު ވަޒީރު މޯދީ އަދި ރައީސް ސޯލިހު---
ކާގޯ ފެރީއާއެކު އިންޑިއާ-ރާއްޖެ ގުޅުން ވަރުގަދަވާނެ: ރައީސް
އިންޑިއާގެ ކޮޗިންއާއި ހދ. ކުޅުދުފުއްޓާއި ދެމެދު ފެށި ކާގޯ ފެރީގެ ހިދުމަތާއެކު އިންޑިއާ އާއި ރާއްޖޭގެ އެކުވެރިކަން އިތުރަށް ވަރުގަދަވެގެންދާނެ ކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެ އެވެ.
Advertisement

ކާގޯ ފެރީގެ ހިދުމަތް ފެށުމާއި ގުޅިގެން ރައީސް ސޯލިހު މިރޭ ކުރެއްވި ޓްވީޓެެއްގައި ވަނީ އެ ހިދުމަތް ފެށުމާއެކު އިންޑިއާގެ ބޮޑުވަޒީރު ނަރެންދްރަ މޯދީ އާއި އެގައުމުގެ ސަރުކާރަށް ޝުކުރު އަދާކުރައްވާފަ އެވެ. 

އަދި ރާއްޖެއާއި އިންޑިއާގެ ގުޅުން ވެސް އެ ހިދުމަތާއެކު އިތުރަށް ވަރުގަދަވާނެކަން ފާހަގަކުރައްވާ ރައީސް ސޯލިހު ވިދާޅުވީ އެ ހިދުމަތާއެކު ދިވެހިންނަށް ވެސް އިތުރަށް ފާގަތިކަން ލިބިގެންދާނެ ކަމަށެވެ. 

މިމަހުގެ 22 ވަނަ ދުވަހު އިންޑިއާގެ ކޮޗިން އިން މުދާ ހިފައިގެން ފުރި ކާގޯ ފެރީ ކުޅުދުއްފުށީގައި ބަނދަރުކޮށްފައި ވަނީ ރޭ ފަތިހުގެ ވަގުތެއްގަ އެވެ. 

ކާގޯއާއެކު އައި އެ ފެރީއަކީ އެއް ފަހަރާ 3000 ޓަނުގެ މުދާ އުފުލޭ ފެރީއެކެވެ. އެގޮތުން ފުރަތަމަ ދަތުރުގައި ވަނީ 500 ޓަނުގެ ސިމެންތި އާއި އެހެނިހެން ބާވަތްތަކުގެ މުދާ ހިމެނޭ ދެ ކޮންޓެއިނަރު ގެނެސްފަ އެވެ.

އެ ކާގޯ ފެރީގެ ރާއްޖޭގެ އެޖެންޓަކީ މޯލްޑިވްސް ސްޓޭޓް ޝިޕިންގްއެވެ. އެގޮތުން ކޮންމެ މަހަކު ތިން ދަތުރުކުރަން ހަމަޖެހިފައިވާ އެ ފެރީއަކީ ބޮޑު ފެރީއެއް ކަމުން ކުޅުދުއްފުށީ ޕޯޓުގައި ބަނދަރެއް ނުކުރެވެ އެވެ. އެހެންކަމުން، ކުޅުދުއްފުށީ ބޭރުގައި ބާއްވައިގެން މުދާ ބާލަނީ ބޮޑެތި ދޯނިތައް ބޭނުންކޮށްގެންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް