
ޕޫނަމްއާ ހަވާލާދީ އެގޮތަށް އިންޑިއާގެ ނޫސްތަކުން ރިޕޯޓްކުރިއިރު ޕޫނަމް މިވަނީ އޭނާއަށް ދިން އަނިޔާގެ ތަފްސީލު ވެސް ނޫސްތަކާއި ހިއްސާކޮށްފަ އެވެ.
ޕޫނަމް ބުނީ ފިރިމީހާ ދިން އަނިޔާގެ ސަބަބުން އޭނާގެ ސިކުނޑިއަށް ވަރަށް ބޮޑަށް އަނިޔާވެ ހޮސްޕިޓަލުގައި ވެސް އޮންނަން ޖެހުނު ކަމަށެވެ. ވަރަށް ފަހުން ހޮސްޕިޓަލުން ދޫކޮށްލިކަން ފާހަގަކޮށް ޕޫނަމް ބުނީ އޭނާއަށް ހޮސްޕިޓަލުގައި އޮންނަން ޖެހުނީ ކިތައް ދުވަހުކަން ވެސް ނޭނގޭ ކަމަށެވެ.
އަދި ވަރަށް އަނިޔާވެރިކޮށް އޭނާގެ ގައިގައި ތަޅާއި އަނިޔާދިންިއިރު މަރުނުވީ ހަމަކިރިޔާ ކަމަށް ވެސް ބުނެ އެވެ.
މީގެ ދުވަސްތަކެއް ކުރިން ޓައިމްސް އޮފް އިންޑިއާއަށް ދިން އިންޓަވިއުއްްގައި ޕޫނަމް ބުނީ ކައިވެނީގެ ކުރިން ވެސް އަނިޔާކޮށް ހަދާ ކަމަށެވެ. އެކަމަކު ކައިވެނިކުރުމުން ހުރިހާ ކަމެއް ވެސް ރަނގަޅުވާނެ ކަމަށް ހީކޮށް ކައިވެނި ކުރި ނަމަވެސް ފަހުން ދެ މީހުންގެ މެދުގައި ހިނގި ދެބަސްވުމެއްގެ ތެރެއިން އޭނާއަށް ވަރަށް ބޮޑަަށް އަނިޔާކުރި ކަމަަށެވެ.
ކަރުގައި ހިފާއި ނޭވާލާން އުނދަގޫވާ ވަަރަށް އަނިޔާކުރިކަމަށާއި އެންމެ ފަހުން ތެޅެނިކޮށް އޭނާ އަތުން ދޫވެ ހޮޓެލްގެ ކޮޓަރިން ނިކުމެވުން ކަމަށެވެ. އެއާއެކު ހޮޓަލުގެ ސްޓާފުން ފުލުހުންނަަށް ގުޅުމުން ޕޫނަމް ވަނީ ފިރިމީހާގެ މައްސަލަ ހުށަހަޅާފަ އެވެ.
ޕޫނަމް ބުނީ އެނބުރި ފިރިމީހާގެ ގާތަށް ވެސް ދާން ބޭނުން ނުވާ ކަމަށެވެ. އެގޮތުން އެހާ އަނިޔާވެރިއެއްގެ ކައިރިއަށް ދިއުމަކީ ބުއްދިވެރިކަމެއް ނޫން ކަމަށް ވެސް ބުންޏެވެ.
އެގޮތަށް އެ އިންޓަވިއުގައި ބުންޏަސް ޕޫނަމްގެ ފަހުގެ އިންޓަވިއުގައި އޭނާ ވަނީ ފިރިމީހާއާ ދެކޮޅަށް ހުށަހެޅި މައްސަލަ އަނބުރާ ނަގަން ޖެހިދާނެ މޭރުމަކުން ވާހަކަ ދައްކާފަ އެވެ. އެއީ ފިރިމީހާ އޭނާގެ ކުރިމަތިގައި ރޮއެ ހަދާތީ ކަމަށާއި ހަދާނެ ގޮތް ވެސް ނޭނގޭ ކަމަށް ޕޫނަމް ބުނެ އެވެ. އެކަމަކު ކޮންމެ ފަހަރަކު ވެސް އަނިޔާކުރުމަށް ފަހު މައާފަށް އެދި ރޮއެ ހަދާ ކަމަށް ޕޫނަމް ބުންޏެވެ.
އިންޑިއާގެ ގޯއާގައި އެމީހުން ތިއްބާ، އެކަމެއް ހިނގާފައިވާއިރު ޝަރުތުތަކަކާއެކު އޭނާގެ ފިރިމީހާ މިހާރު ވަނީ ކަފާލާތުގެ ދަށުން މިނިވަންކޮށްފަ އެވެ.
ޕޫނަމް ވަނީ ބޮލީވުޑުގެ ފިލްމުތައް ކަމަށްވާ ”ނަޝާ” އާއި “ދަ ޖާނީ އޮފް ކަރްމާ“ އަދި “މާލިނީ އެންޑް ކޯ“ ފަދަ ފިލްމުތަކުން ފެނިގެންގޮސްފަ އެވެ.