އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމު އަލީ ސައީދުގެ ދޮށީ ފިރިހެން ދަރިފުޅާއި އިތުރު މީހަކު ކަސްޓަމްސް އިން ރޭ ހިފަހައްޓައި ޖޫރިމަކޮށްފައިވެއެވެ.
އެހެންނަމަވެސް އެއީ ކޮން ބައެއްކަން ކަސްޓަމުން ހާމަކޮށްފައިނުވިނަމަވެސް ޝަހީމްގެ ދަރިކަލުން އޭނގައި ޝަހީމްގެ ދަރިކަލުން ހިމެނޭކަންވަނީ ކަށަވަރު ކުރެވިފައެވެ. ރިޕޯޓްތައް ބުނާ ގޮތުން ޝަހީމްގެ ދަރިކަލުން ވޭޕް އެތެރެކުރަން މަސައްކަތް ކުރީ މެލޭޝިއާއިން އައި ފްލައިޓަކުންނެވެ.
ރާއްޖެއަށް ވޭޕް އެތެރެކޮށްގެން ކުރި ޖޫރިމަނާ އަދަދު 400 މިލިއަން ރުފިޔާއަށް އަށް ވުރެ ގިނަ ކަމަށް ކަސްޓަމްސް އިން މިދިޔަ ހަފްތާގައި ބުނެފައިވެ އެވެ. އޭގެ ތެރޭގައި އެކަކު 72 މިލިއަން ރުފިޔާ އިން ޖޫރިމަނާކުރަން ޖެހުނު ކަމަށް ވެސް ކަސްޓަމްސް އިން ބުންޏެވެ.