ads
ދީޕިކާ ޕަޑުކޯން--
ދީޕިކާ ބޭނުންވީ ޑްރަގުގެ މައްސަލާގައި ސުވާލުކުރިއިރު ފިރިމީހާ ކައިރީގައި ހުންނަން
މަޝްހޫރު ބަތަލާ ދީޕިކާ ޕަޑުކޯނުގެ މައްޗަށް ތުހުމަތުކުރެވޭ ޑްރަގުގެ މައްސަލައާ ގުޅިގެން އިންޑިއާގެ ނާކޮޓިކްސް ކޮންޓްރޯލް ބިއުރޯ އިން އިއްޔެވަނީ އޭނައާ ސުވާލުކޮށްފަ އެވެ.
Advertisement

ދީޕިކާ އާއި އޭނާގެ ފިރިމީހާ ރަންވީރު ސިންގް، ގޯއާގައި ޗުއްޓީ ހޭދަކުރަމުންދަނިކޮށް ޑްރަގުގެ މައްސަލައިގައި ދީޕިކާގެ ނަން ހިލިގެން ދިޔައިރު ބުރާސްފަތި ދުވަހުގެ ރޭގެ ވަގުތެއްގައި ދީޕިކާ ވަނީ އެނބުރި މުމްބާއީއަށް ގޮސްފަ އެވެ. އަދި 12 ވަކީލުން ހިމެނޭ ޓީމަކާއެކު އެ މައްސަލަ މަޝްވަރާ ކޮށްފައިވާ ކަމަށް ވެސް ބުނެއެވެ. 

އިއްޔެ އެންސީބީއަށް ހާޒިރުކުރިއިރު ދީޕިކާއާ ސުވާލުކުރި ވަގުތު ރަންވީރު ވެސް ވެއްދުމަށް ދީޕިކާ އެންސީބީގައި އެދިފައިވާކަމަށް ރިޕޯޓްތައް ބުނެއެވެ. އެގޮތަށް އެދިފައިވަނީ ދީޕިކާގެ އެންޒައިޓީ މައްސަލަތަކެއް ހުރުމާއިއެކު ކަމަށްވެސް ރިޕޯޓްކޮށްފައިވެ އެވެ. އެހެންނަމަވެސް އެންސީބީން އެ ހުއްދަ ދީފައެއް ނުވެ އެވެ.

ދީޕިކާ އެންސީބީއަށް ހާޒިރުކޮށް ސުވާލުކޮށްފައިވަނީ ވަޓްސްއެޕް ގްރޫޕެއްގައި 2017 ވަނަ އަހަރު ދީޕިކާގެ މެނޭޖަރު ކަރިޝްމާ ކިބައިން މަސްތުވާތަކެތި އެބަހުރިތޯ އަހައި ކޮށްފައިވާ މެސެޖުތަކަކާއި ގުޅިގެންނެވެ. 

އެ ވަޓްސް އެޕް ގްރޫޕްގައި ބޮލީވުޑްގެ މަޝްހޫރު އެހެންތަރިންވެސް ހިމެނޭއިރު އެ ގްރޫޕްގެ އެޑްމިންއަކީ ދީޕިކާ ކަމަށް ބޭރުގެ ހަބަރުތައް ބުނެއެވެ. އަދި އެ ޗެޓްލޮގްތަކުގައި ދީޕިކާ މަސްތުވާތަކެއްޗަށް އެދިފައިވާއިރު އިއްޔެ އެންސީބީއަށް ދީޕިކާއާއި އޭނާގެ މެނޭޖަރު ހާޒިރުކޮށް ސުވާލުކުރުމުން ލީކްވި ޗެޓް ލޮގްގައިވާ މެސެޖްތަކަކީ އަސްލެއް ކަމަށް ދެމީހުންވެސް އެއްބަސްވެފައިވެ އެވެ.

ސުޝާންތު ސިންގް ރާޖުޕުތުގެ މަރުގެ މައްސަލައާއެކު ފެންމަތިވެގެން އުޅޭ ޑްރަގުގެ މައްސަލައިގައި އޭނާގެ ލޯބިވެރިޔާ އަދި ބަތަލާ ރިއާ ޗަކްރަބަތީ މިހާރު ހުރީ ފުލުހުންގެ ހައްޔަރުގަ އެވެ. އަދި ޑްރަގު ބޭނުންކުރާ ތަރިންގެ ލިސްޓެ ކިޔައިދީފައި ވަނީ ރިއާ ކަމަށް ވެސް ރިޕޯޓްތައް ބުނެ އެވެ. 

50%
ކަމުގޮސްފި
38%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
13%
ވަރަށް ސަލާމް
ކޮމެންޓްސް