ads
އިންޑިއާ އާއި ރާއްޖެއާ ދެމެދު މުދާ އުފުލަން ފެށި، ކާގޯ ފެރީ--ފުޓޯ:ޓްވިޓާ
ކޮޗިން ފެރީން މުދާ ގެންނަ ވިޔަފާރިންނަށް މައުލޫމާތު ދިނުމުގެ ސެޝަނެއް ބާއްވަނީ
މޯލްޑިވްސް ސްޓޭޓް ޝިޕިން ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް އަދި ބިޒްނަސް ސެންޓާ ކޯޕަރޭޝަން ގުޅިގެން ރާއްޖެ– ކޮޗިން ފެރީގެ މައުލޫމާތު ފޯރުކޮށްދިނުމަށް އޮންލައިން ސެޝަންއެއް ބޭއްވުމަށް ހަމަޖައްސައިފި އެވެ.

އިންޑިއާ އާއި ރާއްޖެއާ ދެމެދު މުދާ އުފުލަން ފެށި، ކާގޯ ފެރީއާ ބެހޭ މައުލޫމާތު ވިޔަފާރިވެރިންނަށް ފޯރުކޮށްދިނުމަށް އޮންލައިން ސެޝަނެއް ބާއްވަން ހަމަޖެހިފައިވާ ކަމަށް ކުޅުދުއްފުށީ ކައުންސިލްގެ އިދާރާ އާއި ހަނިމާދޫ ކައުންސިލްގެ އިދާރާ އިން ވަނީ އިއުލާންކޮށްފަ އެވެ.

ކުޅުދުއްފުށީ ކައުންސިލުން ބުނީ އެރަށުގައި ރަޖިސްޓްރީ ކޮށްގެން ވިޔަފާރިކުރާ ފަރާތްތަކުގެ ތެރެއިން ފެރީން މުދާ ގެނައުމުގެ ޝައުގުވެރިކަން ހުރި ފަރާތަތަކުން އޮންލައިން ސެޝަންގައި ބައިވެރިވާން ބޭނުންވާނަމަ ގޫގުލް ފޯމް ލިންކް މެދުވެރިކޮށް، ނަން ނޯޓު ކުރުމުގެ ފުރުސަތު 30 ސެޕްޓެމްބަރު 2020 ވާ ބުދަ ދުވަހުގެ 10:00 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. އަދި އެކަމާއި ގުޅޭ އިތުރު މައުލޫމާތު ސާފުކުރުމަށް 6527185 ނަމްބަރު ފޯނަށް ގުޅުމަށްވެސް ކައުންސިލުން އެދިފައިވެ އެވެ.

އޭގެ އިތުރުން ހަނިމާދޫ ކައުންސިލްގެ އިދާރާއިން ކޮށްފައިވާ އިއުލާނެއްގައި ބުނީ ރާއްޖެ ކޮޗިން ފެރީގެ މައުލޫމާތު ފޯރުކޮށްދިނުމަށް ބާއްވާ އެ ސެޝަންގައި ބައިވެރިވާން ބޭނުންވާ، އެރަށުގައި ރަޖިސްޓްރީ ކޮށްގެން ވިޔަފާރިކުރާ ފަރާތްތަކުގެ މައުލޫމާތުވެސް އެ ތަރީހުގެ ކުރިން އެއިދާރާއަށް އެންގުމަށް އެދިފައެވެ.

އިންޑިއާގެ ކޮޗިން އިން ހދ. ކުޅުދުފުއްޓަށް މުދާ ހިފައިގެން އައި ފުރަތަމަ ކާގޯ ފެރީ ވަނީ ކުޅުދުފުއްޓަށް އިއްޔެ ބަނދަރުކޮށްފައެވެ. ކާގޯއާއެކު އައި އެ ފެރީއަކީ އެއް ފަހަރާ 3000 ޓަނުގެ މުދާ އުފުލޭ ފެރީއެކެވެ. އެގޮތުން ފުރަތަމަ ދަތުރުގައި ވަނީ 500 ޓަނުގެ ސިމެންތި އާއި އެހެނިހެން ބާވަތްތަކުގެ މުދާ ހިމެނޭ ދެ ކޮންޓެއިނަރު ގެނެސްފަ އެވެ.

އެ ކާގޯ ފެރީގެ ރާއްޖޭގެ އެޖެންޓަކީ މޯލްޑިވްސް ސްޓޭޓް ޝިޕިންގްއެވެ. އެގޮތުން ކޮންމެ މަހަކު ތިން ދަތުރުކުރަން ހަމަޖެހިފައިވާ އެ ފެރީއަކީ ބޮޑު ފެރީއެއް ކަމުން ކުޅުދުއްފުށީ ޕޯޓުގައި ބަނދަރެއް ނުކުރެވެ އެވެ. އެހެންކަމުން، ކުޅުދުއްފުށީ ބޭރުގައި ބާއްވައިގެން މުދާ ބާލަނީ ބޮޑެތި ދޯނިތައް ބޭނުންކޮށްގެންނެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް