ads
ތ. ވިލުފުށި ސިއްހީ މަރުކަޒު-- ފޮޓޯ: ވިލުފުށި ސިއްހީ މަރުކަޒު/ ފޭސްބުކް
ރާއްޖޭގައި ފުރަތަމަ ފަހަރަށް ޓެލެކޮންޒަލްޓޭޝަން ދޭ ސިއްހީ މަރުކަޒު ތ. ވިލުފުށީގައި
ރާއްޖޭގައި ފުރަތަމަ ފަހަރަށް ޓެލެކޮންޒަލްޓޭޝަން ދޭ ސިއްހީ މަރުކަޒުގެ ގޮތުގައި ތ. ވިލުފުށި ސިއްހީ މަރުކަޒު ހަމަޖެހިއްޖެ އެވެ.

އެ ރަށު ސިއްހީ މަރުކަޒުގެ ސީނިއާ އެޑްމިނިސްޓްރޭޓަރު ޝިއުތު އިބްރާހިމް މިއަދު ސީއެންއެމަށް ވިދާޅުވީ މިއީ އެ މަރުކަޒުގެ އިސްނެގުމަކަށް ހުޅުމާލެ ހޮސްޕިޓަލާ ގުޅިގެން ތައާރަފު ކުރި ހިދުމަތެއް ކަމަށެވެ.

"ކޮވިޑާ ގުޅިގެން އެއް ތަނުން އަނެއް ތަނަށް ދިޔުން ބަންދުވެފައި މިހާރު މި ވަނީ. ދެން މި ހިސާބުގަނޑުގެ ރައްޔިތުން އާއްމުކޮށް ދަނީ މާލެއަށް ސިއްހީ ކަންކަމުގައި. މިހާރު މާލެއަށް ދެވޭނެ ގޮތެއް ނެތީމަ ހުޅުމާލެ ހޮސްޕިޓަލާ ވާހަކަދެއްކީ،" ޝިއުތު ވިދާޅުވި އެވެ. 

އޭނާ ވިދާޅުވީ ވިލުފުށި ހެލްތު ސެންޓަރުން ޓެލެކޮންޒަލްޓޭޝަން ހިދުމަތް ފެށުމަށް އެންމެ ފަހުގެ ތައްޔާރީތައް މިހާރު ވަމުންދާ ކަމަށާއި މަސައްކަތް ނިމުމުގެ މަރުހަލާގައިވާ ކަމަށެވެ. 

"މިއީ ދާއިމީކޮށް ކުރިއަށް ގެންދާނެ ހިދުމަތެއް. މިހާރު ނަން ނޯޓު ކުރުމުގެ ފުރުސަތު ވެސް ވަނީ ހުޅުވާލެވިފައި،" ޝިއުތު ވިދާޅުވި އެވެ.

ވިލުފުށި ސިއްހީ މަރުކަޒުން ޓެލެކޮންޒަލްޓޭޝަން ހިދުމަތް ހޯދުމަށް ބޭނުންވާ ފަރާތްތަކުން ނަން ނޯޓު ކުރަން ޖެހެނީ އެ މަރުކަޒުގެ ނަންބަރު 6780043 އަށް ގުޅައިގެންނެވެ.

your imageވިލުފުށީ ސިއްހީ މަރުކަޒުގައި ޓެލެކޮންޒަލްޓޭޝަން ހިދުމަތް ފެށުން--

އެ ސިއްހީ މަރުކަޒުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ޓެލެކޮންޒަލްޓޭޝަން ހިދުމަތް ފެށުމުން ހުޅުމާލޭގައި ބަލި މީހުން ބަލާ ސްޕެޝަލިސްޓު ޑޮކްޓަރުންނަށް ދެއްކުމުގެ މަގުފަހިވާނެ ކަމަށެވެ. 

ސްޕެޝަލިސްޓް ޑޮކްޓަރުން

  • އަންހެނުންގެ ހާއްސަ ޑޮކްޓަރު
  • ކަށީގެ ހާއްސަ ޑޮކްޓަރު
  • އެތެރެ ހަށީގެ ޑޮކްޓަރު
  • ހަމުގެ ބަލިތަކުގެ ޑޮކްޓަރު
  • ކުޑަކުދިންގެ ހާއްސަ ޑޮކްޓަރު
  • ކަރުންމަތީގެ ހާއްސަ ޑޮކްޓަރު
  • ހިތުގެ ބަލިތަކުގެ ހާއްސަ ޑޮކްޓަރު

ރާއްޖޭގައި ފުރަތަމަ ފަހަރަށް ޓެލެކޮންޒަލްޓޭޝަންގެ ހިދުމަތް ފެށި ސިއްހީ މަރުކަޒަށް ވިލުފުށީގެ މަރުކަޒު ވެފައި ވާއިރު، ކޮވިޑް-19 އާ ގުޅިގެން އެކި ބޭނުންތަކުގައި މާލެ އައުން ވަނީ ދަތިވެފަ އެވެ.

67%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް