ads
ހެލްތު މިނިސްޓްރީ ހިންގުމާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި ޕްލޭނިން އެންޑް ހައުސިން މިނިސްޓަރު މުހައްމަދު އަސްލަމް--
ހިތަށް އަނިޔާވާ އެންމެހާ ކަންކަމުން ދުރުހެލިވާން ޖެހޭ: މިނިސްޓަރު އަސްލަމް
ހިތުގެ ދުޅަހެޔޮ ކަމަށްޓަކައި ހިތަށް އަނިޔާވާ އެންމެހާ ކަންކަމާ ދުރުހެލިވާން ޖެހޭ ކަމަށް ހެލްތު މިނިސްޓްރީ ހިންގުމާ ވަގުތީ ގޮތުން ހަވާލުވެ ހުންނެވި މިނިސްޓަރު މުހައްމަދު އަސްލަމް ވިދާޅުވެއްޖެ އެވެ.

މިއަދު ފާހަގަކުރަމުންދާ "ވޯލްޑް ހާޓް ޑޭ" އާ ގުޅިގެން ދެއްވި މެސެޖުގައި އަސްލަމް ވިދާޅުވީ ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރެއިން މުޅި ދުނިޔެ ވެސް ހޭދަކުރަމުން ދަނީ ހިތާމަވެރި ދުވަސްތަކެއް ކަމަށެވެ.

މިފަދަ ދުވަސްވަރެއްގައި ދުޅަހެޔޮ ސިއްހަތެއްގައި ތިބެން މަސައްކަތް ކުރަން ޖެހޭ ކަމަށާއި ދުޅަހެޔޮ ހަޔާތެއް ލިބުން ވަނީ ދުޅަހެޔޮ ހިތަކާއެކު ކަމަށް އަސްލަމް ވިދާޅުވި އެވެ. ކުކަމަށާއި ހިތުގެ ވިންދު ޖެހުން ދުޅަހެޔޮކޮށް ބަހައްޓަން ހިތައް އަނިޔާވާ އެންމެހާ ކަންކަމާއި ދުރުހެލިވާން ޖެހޭ ކަމަށެވެ.

"މިއަދު އަޅުގަނޑުމެން އަޒުމް ކަނޑައަޅަންވީ ހިތަށް އަނިޔާވާ އެންމެހާ ކަންކަމާ ދުރުހެލިވާން. ހިތުގެ ވިންދު ޖެހުން ދުޅަހެޔޮކޮށް ބަހައްޓަން. އުފާވެރި ހަޔާތެއް ލިބުން ވަނީ ދުޅަހެޔޮ ހިތަކާއެކު. މުޅި ދުނިޔެ ވެސް ހޭދަކުރަމުން ދަނީ ހިތާމަވެރި ދުވަސްތަކެއް. ކޮވިޑް-19 ގައި އަޅުގަނޑުމެން އެންމެން ވެސް މިގެންދަނީ ހިތާމަތަކާ ކުރިމަތިލަމުން. މިފަދަ ދުވަސްވަރެއްގައި ވެސް އަޅުގަނޑުމެން ދުޅަހެޔޮ ސިއްހަތެއްގައި ތިބެން މަސައްކަތް ކުރަން ޖެހޭ. ކަސްރަތު ކުރުމާއި ސިއްހަތަށް ރަނގަޅު ކާނާ ކެއުމާއި ހިތްހަމަޖެހުން ލިބިގަންނަން ޖެހޭ. މާތް ﷲ ގެ އިރާދަފުޅާއެކު އަޅުގަނޑުމެން މި ހިތްދަތި ދުވަސްތަކުން އަރައިގަންނާނަން. ދިވެހި ހުރިހާ ރައްޔިތުންނަށް ވެސް އުފާވެރިކަމާއި ދުޅަހެޔޮ ސިއްހަތަކަށް އެދެން، އާމީން،" އަސްލަމްގެ މެސެޖުގައި ވިދާޅުވި އެވެ.

ހެލްތް މިނިސްޓްރީން ބުނީ ހިތުގެ ދުޅަހެޔޮކަން ދެމެހެއްޓުމަށް ކަސްރަތު ކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށެވެ. 

އެގޮތުން އޮފީސް މާހައުލުގައި އުޅޭއިރު ކޮންމެ 30 މިނެޓަކުން ގޮނޑިން ތެދުވެ ސްޓްރެޗު ކުރުމާއި އެކަކު އަނެކަކުގެ ހާލު ބަލާ ގުޅުން ބަދަހި ކުރުމާއި، ދުންފަތުގެ އިސްތިއުމާލު ކުރުމާ ދުރުހެލިވުމަކީ ހިތުގެ ދުޅަހެޔޮކަން ދެމެހެއްޓުމަށް ކުރެވިދާނެ ކަންކަމެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް