ads
އެމްޓީސީސީގެ މަހާ ޖައްރާފް
މަހާޖައްރާފު މަރާމާތު ކުރުމުގައި އިހުމާލުވެފައިވާ މައްސަލަތަކެއް އޭސީސީއަށް
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ މަހާޖައްރާފު މަރާމާތު ކުރުމުގައި ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަންކަން ކޮށްފައިވާތީ އެކަން ތަހުގީގުކޮށް ދިނުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) ގައި އެމްޓީސީސީ އިން އެދިއްޖެ އެވެ.
Advertisement

ރޭ ނެރުނު ބަޔާނުގައި އެމްޓީސީސީން ބުނީ، އެ ކުންފުނިން ބިން ހިއްކުމަށް ގެންގުޅޭ މަހާ ޖައްރާފަށް ލިބުނު ގެއްލުންތަކެއް މަރާމާތުކުރުމަށް ޓަކައި 2022ވަނަ އަހަރު ދުބާއީގެ ޑޮކްޔާޑުން ހިދުމަތް ހޯދިއިރު، މަރާމާތުކުރުމަށް އެކަށީގެންވާ އަގަށްވުރެ އެތައް ގުނައެއް އިތުރަށް ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ހަރަދުކޮށްފައިވާ ކަމަށް އެ ކުންފުނީގެ އެތެރޭގެ އޮޑިޓަރާއި ޑިރެކްޓަރުންގެ ބޯޑަށް ފާހަގަކުރެވިފައިވާ ކަމަށެވެ.

މި މައްސަލައަކީ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައި، އެމްޓީސީސީގެ ގަވައިދުތަކާއި އުސޫލުތަކާ ޚިލާފަށް ކޮރަޕްޝަނަށް މަގުފަހިވާގޮތަށް ކޮށްފައިވާ ކަންކަން ތަހްގީގުކުރުމަށް އޭސީސީގައި އެދިފައިވާނެ ކަމަށް ވެސް އެ ކުންފުނިން މައުލޫމާތުދެ އެވެ.

ފާހަގަކުރެވޭ ގޮތުގައި އެމްޓީސީސީން ވަނީ، ހިއްސާދާރުންގެ ފައިސާއަށް ބައެއް ފަރާތްތަކުން އިހުމާލުވެފައިވާ ކަމަށް ބުނެ، މައްސަލައެއް ބަލައިދޭން ކަމާބެހޭ ފަރާތްތަކުގައި މިދިޔަ ބުދަ ދުވަހު އެދިފަ އެވެ. އެކަން ތަހްގީގުކޮށް، ހިއްސާދާރުންނަށް އިހުމާލުވި މީހުންނަށް ފިޔަވަޅު އަޅަން ކަމާބެހޭ ފަރާތްތަކުގެ ކިބައިން އެދިފައިވާކަމަށް، އެ ކުންފުނިން ވަނީ ބުނެފަ އެވެ. އެކަމަކު އެއީ ކޮން ބައެއްކަން އެމްޓީސީސީން ހާމަނުކުރެ އެވެ.

އެމްޓީސީސީގެ ފައިސާއަށް އިހުމާލުވި ކަމަށް ބުނެ، އެ މައްސަލަ ބަލަމުން އަންނަ ކަމަށް އެ ކުންފުނިން ބުނިއިރު، މިރޭ އެޗްޑީސީން ވެސް ވަނީ 2019 އިން 2023 ގެ ނިޔަލަށް އެ ކުންފުނީގެ 200 މިލިއަނެއްހާ ރުފިޔާއަށް ހިޔާނާތްތެރިވި ކަމަށް ބުނެ އެކަން ބެލުމަށް ކަމާބެހޭ އިދާރާތަކަށް ހުށަހަޅާފައިވާ ކަމަށް ބުނެފަ އެވެ.

ކުރީ ސަރުކާރުގެ ދުވަސްވަރުގައި އެޗުޑީސީ ތެރެއިން ހިންގާފައިވާ ހިޔާނާތުގެ މައްސަލަތައް ތަހުގީގު ކުރަން ހުށަހަޅަމުން އަންނައިރު، ފެނަކަ އާއި އެމްއެމްޕީއާރުސީ ތެރެއިން ހިންގާފައިވާ ހިޔާނާތުގެ މައްސަލަތައް ތަހުގީގު ކުރުމުގެ މަސައްކަތް ވެސް ކަމާ ބެހޭ ފަރާތްތަކުން އަންނަނީ ކުރަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް