ads
ޔޫތް މިނިސްޓްރީގައި ބޭއްވި ސޮއިކުރުމުގެ ރަސްމިއްޔާތުގެ ތެރެއިން-- ފޮޓޯ: ޓްވިޓާ
30.8 މިިލިއަން ރުފިޔާއަށް ނުވަ ރަށެއްގައި ޓާފް ދަނޑު އަޅަން ސޮއިކޮށްފި
ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ޓާފް ދަނޑު އެޅުމަށް ހިންގާ މަޝްރޫއުގެ ތެރެއިން ނުވަ ރަށެއްގައި ޓާފް ދަނޑު އެޅުމުގެ މަސައްކަތް 30.8 މިލިއަން ރުފިޔާއަށް ހަވާލުކޮށް އެއްބަސްވުމުގައި ޔޫތް މިނިސްޓްރީން ސޮއިކޮށްފި އެވެ.

ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ގާއިމްކުރުމަށް ނިންމާފައިވާ ޓާފް ދަނޑުގެ ތެރެއިން މިއަދު އެއްބަސްވުމުގައި ސޮއި ކޮށްފައިވާ އެ ނުވަ ރަށުގެ ތެރެއިން ފުރަތަމަ ލޮޓްގައި ހިމެނެނީ ހއ. ހޯރަފުށި އަދި ހއ. އިހަވަންދޫއެވެ.

ދެވަނަ ލޮޓްގައި ހިމެނެނީ ހދ. ނޮޅިވަރަމް، ހދ. ހަނިމާދޫ އަދި ހދ. ކުޅުދުއްފުއްޓެވެ. އަދި ތިންވަނަ ލޮޓްގައި ހިމެނެނީ މ. ދިއްގަރު، ދ. ކުޑަހުވަދޫ އަދި ތ. ތިމަރަފުއްޓެވެ. އޭގެ އިތުރުން ހަތަރުވަނަ ލޮޓްގައި ހިމެނެނީ އައްޑޫ ސިޓީގެ ރަށެކެވެ. އެ ރަށް ކަނޑައެޅިގެން ދާނީ ނޭޝަނަލް ޓެންޑާ ބޯޑާއި މަޝްވަރާ ކުރެއްވުމަށް ފަހު ކަމަށް ޔޫތް މިނިސްޓަރު އަހްމަދު މަހްލޫފް ވަނީ މިއަދު ވިދާޅުވެފަ އެވެ. 

އެ ނުވަ ރަށުގެ ދަނޑުގައި ޓާފް އެޅުމަށް އެވޯޑް ކުރެވިފައި ވަނީ 30,851,212.02 މިލިއަން ރުފިޔާއަށެވެ. ކޮންމެ ލޮޓެއްގެ މަސައްކަތް ވެސް 120 ދުވަހުގެ ތެރޭގައި ނިންމަން ޖެހޭ ގޮތަށް ކޮންޓްރެކްޓްގައި ވަނީ ބަޔާންކުރެވިފައެވެ. އެ ލޮޓްތަކުގައި ހިމެނޭ ރަށްތަކުގެ ދަނޑުތަކުގައި ޓާފް އެޅުމަށް ވެލޯސިޓީ ސްޕޯޓްސް އިކުއިޕްމެންޓް ޕްރައިވެޓް ލިމިޓެޑަށް އެވޯޑްކޮށްފައި ވަނީ ނޭޝަނަލް ޓެންޑާ ބޯޑުންނެވެ.

އެ މަސައްކަތް ހަވާލުކޮށްފައި ވަނީ މެލޭޝިއާގެ ކުންފުންޏެއް ކަމަށްވާ ވެލޯސިޓީ ސްޕޯޓްސް އިކުއިޕްމެންޓް ޕްރައިވެޓް ލިމިޓެޑާއެވެ. މިނިސްޓްރީގެ ފަރާތުން އެ އެއްބަސްވުންތަކުގައި ސޮއިކުރެއްވީ މިނިސްޓަރު އަހްމަދު މަހްލޫފް އެވެ. 

މިހާތަނަށް އައިއިރު ނިސްޓްރީއިން ވަނީ ފަސް ރަށެއްގެ ދަނޑުގެ މަސައްކަތް ނިންމާލާފައެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް