އެ ދުވަހު ސުވާލުކުރިއިރު ތިން ތަރިން ވެސް ވަނީ ޑްރަގު ބޭނުންކުރާ ކަމަށް ކުރާ ތުހުމަތައް ދޮގުކޮށްފަ އެވެ.
އެންސީބީގެ އޮފިޝަލުންއާ ހަވާލާދީ ރިޕޯޓްތައް ބުނާ ގޮތުގައި މިހާތަނަށް އެ ތިން ތަރިން ޑްރަގު ވިއްކާ މީހަކާ އެއްވެސް ގުޅުމެއް އޮތް ކަމަށް ހެކި ފެނިފައެއް ނުވެ އެވެ. އަދި މިވަގުތު ބަރޯސާވެފައި ވަނީ ޓެކްނިކަލް ހެކިތަކެއްގެ މައްޗަށް ކަމަށާއި ފަހުން އެ ތަރިންގެ ބަޔާން ކޯޓަށް ހިއްސާކުރާނެ އެވެ.
އެ މައްސަލައާ ގުޅިގެން ސާރާ އާއި ދީޕިކާ އަދި ޝްރައްދާއާ ސުވާލުކުރުމުގެ ކުރިން ވަނީ ބަތަލާ ރަކުލް ޕްރީތް ސިންގްއާ ވެސް ސުވާލުކޮށްފަ އެވެ. އެކަމަކު އޭނާގެ ފޯނުން އެފަދަ ހެއްކެއް ފެނުންކަމެއް ނުވަތަ ނުފެންނަކަމެއް ނޭނގެ އެވެ.
ބޮލީވުޑުގެ ތަރިންގެ މިފަދަ މައްސަލައެއް ފެންމަތިވެފައި މިވަނީ ސުޝާންތު ސިންގް ރާޖުޕުތުގެ މަރުގެ މައްސަލައިގެ ތެރެއިންނެވެ. އޭނާގެ މަރުގެ ތަހުގީގާ ގުޅިގެން ލޯބިވެރިޔާ ރިއާ ޗަކްރަބަތީ ހައްޔަރުކުރީ ޑްރަގުގެ މައްސަލައަކާއި ގުޅިގެންނެވެ. އަދި އެ އެންސީބީއަށް ހާޒިރުކޮށް ސުވާލުކުރަމުންދާ ތަރިންގެ ލިސްޓަކީ ވެސްް ރިއާ ދީގެން އުޅޭ ލިސްޓެއް ކަމަށް ބުނެ އެވެ.