ads
ކޮވިޑް19 އަށް ޓެސްޓް ކުރުން--
ކޮވިޑް ހުއްޓުވަން ކުރާ ހޭދަ މަޑުޖެހިއްޖެ
ކޮވިޑް-19 ފެތުރުން ކޮންޓްރޯލް ކުރަން ކުރަމުންދާ ހޭދަ ފާއިތުވި ހަފްތާގައި މަޑުޖެހިފައިވާ ކަމަށް ފިނޭންސް މިނިސްޓްރީގެ ތަފާސްހިސާބުން ދައްކައިފި އެވެ.

ސެޕްޓެމްބަރު 24 ގައި އާއްމުކުރި ތަފާސްހިސާބުގައިވާ ގޮތުން ކޮވިޑާ ގުޅުން ހުރި ކަންކަމަށް ކުރާ ހޭދަ ވަނީ 1.2 ބިލިއަން ރުފިޔާއަށް އަރާފަ އެވެ. އެއީ އޭގެ ކުރީ ހަފްތާއާ އަޅާބަލާއިރު 0.07 ޕަސަންޓު އިތުރެވެ. 

ތަފާސްހިސާބުން ދައްކާ ގޮތުގައި އެންމެ ބޮޑު ހަރަދެއް ކުރި ނޭޝަނަލް ޑިޒާސްޓާ މެނޭޖުމަންޓް އޮތޯރިޓީ (އެންޑީއެމްއޭ) އަށް 777.8 މިލިއަން ރުފިޔާ ހޭދަކޮށްފައި ވެއެވެ. 

އޭގެ އިތުރުން ހެލްތު މިނިސްޓްރީއަށް 198.8 މިލިއަން ރުފިޔާ އާއި އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އަށް 73 މިލިއަން ރުފިޔާ ހޭދަކޮށްފައި ވެއެވެ.

ތަފާސްހިސާބުން ދައްކާ ގޮތުގައި އެންމެ ބޮޑު ހޭދައެއް ކޮށްފައި ވަނީ ސިއްހީ ސާމާނު ހޯދުމަށެވެ. އެކަމަށް ވަނީ 524.9 މިލިއަން ރުފިޔާ ހޭދަކޮށްފަ އެވެ.

ލޮކްޑައުން ހުޅުވާލުމާއެކު ކޮވިޑް-19 ކޭސްތައް ވަރަށް ބޮޑަށް މާލޭގައި އިތުރުވި އެވެ. އެކަމަކު ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން އެޅި ފިޔަވަޅުތަކާއެކު މިހާރު ޕޮޒިޓިވް ކޭސްތައް ވަނީ މަދުވާން ފަށާފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް