ads
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލޭގައި އަޅާ 4000 ފްލެޓްތަކުގެ ތެރެއިން ބައެއް ފްލެޓްތަކުގެ ކޮންކްރީޓް މަސައްކަތް ނިމިފައި
ގެދޮރުވެރިޔާ ފްލެޓް ލިބުނު ކަމަށް ބުނެ ފޮނުވާ ލިންކަކުން ޖީ މެއިލް ހެކް ކުރަނީ
ގެދޮރުވެރިޔާ ފްލެޓް ލިބުނުކަމަށް ބުނެ ފޮނުވާ ލިންކަކުން ގޫގުލް އެކައުންޓު ހެކްކުރާ މައްސަލަތައް އިތުރުވެއްޖެއެވެ.
Advertisement

މިކަމާގުޅިގެން ދިވެހި ފުލުހުންގެ ސައިބާ ކްރައިމް ސެންޓަރުން ރައްޔިތުންނަށް އިންޒާރުދީ، މިފަދަ ސްކޭމްތަކުން ރައްކާތެރިވުމަށް އެދިފައިވެއެވެ. 

ސައިބާ ކްރައިމް ސެންޓަރުން ހާމަކުރި މައުލޫމާތުގައިވާ ގޮތުން، ގެދޮރުވެރިޔާ ޕޯޓަލްއަށް ލޮގިން ކުރުމަށް ކަމަށް ބުނެ ފޮނުވާ ލިންކަށް ފިތުމުން ގޫގުލް އެކައުންޓަށް ލޮގިންވާން އަންގައެވެ. މިގޮތަށް ލޮގިންކޮށްފިނަމަ، އެމީހެއްގެ ޕާސްވޯޑް ސްކޭމް ކުރާ ފަރާތަށް ލިބޭނެކަމަށް ފުލުހުން ބުންޏެވެ. އަދި ގެދޮރުވެރިޔާ ޕޯޓަލްއިން އެއްވެސް ލިންކެއް ނުފޮނުވާނެކަމަށާއި، އެއީ އީފާސް މެދުވެރިކޮށް ލޮގިންވާ ގޮތަށް ފަރުމާކޮށްފައިވާ ޕޯޓަލްއެއްކަން ފާހަގަކޮށްފައިވެއެވެ.

މިފަދަ ސްކޭމްތަކުން ސަލާމަތްވުމަށް ގޫގުލް އެކައުންޓުގެ ތޫ ފެކްޓާ އޮތެންތިކޭޝަން ހެއްދެވުމަށް ސައިބާ ކްރައިމް ސެންޓަރުން އެދެއެވެ. އަދި ގެދޮރުވެރިޔާ ޕޯޓަލް ކަމަށް ބުނެ ލިބޭ ލިންކެއް ލިބިއްޖެނަމަ، ސައިބަރ ކްރައިމް ސެންޓަރުގެ 911 ނަންބަރަށް ގުޅައި، މައްސަލަ ރިޕޯޓުކުރުމަށް ވިދާޅުވިއެވެ. އަދި މީގެ އިތުރުން ފޮޓޯތަކެއް ހުރިކަމަށް ބުނެ ޓެލެގްރާމްއިން ފޮނުވާ ފިޝިންގ ލިންކުތައް މެދުވެރިކޮށް ޓެލެގްރާމް ހެކްކުރުމުގެ މައްސަލަތައްވެސް އިތުރުވަމުންދާކަން ފާހަގަކޮށްފައިވެއެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް