ads
މީހަކު އިންތިހާބެއްގައި ވޯޓުލަނީ - ފައިލް ފޮޓޯ
ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ވޯޓުލުމުގެ ފުރުސަތު ފަހިކުރަން މަސައްކަތްތަކެއް
ކުރިއަށް އޮތް އިންތިހާބުތަކުގައި ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ބައިވެރިވުން އިތުރު ކުރުމަށް އިލެކްޝަންސް ކޮމިޝަނާއެކު ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށް ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ބުނެފިއެވެ.
Advertisement

މިދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ފެނުމުގެ ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކަށް ޓެމްޕްލޭޓް ބޭނުންކޮށްގެން ވޯޓު ލުމުގެ ފުރުސަތު ލިބިގެން ދިޔަ ކަމަށާއި އެއީ އެފަރާތްތަކަށް ލިބިގެންދިޔަ ވަރަށް ބޮޑު ހިތްހަމަޖެހުމެއް ކަމަށް އެޗްއާރުސީއެމްއިން ބުންޏެވެ. އަދި ކުރިއަށް އޮތް އިންތިހާބުގައިވެސް މިކަން އެގޮތަށް ކުރިއަށް ގެންދެވޭނެކަމަށް އެ ކޮމިޝަނުން ފާހަގަކޮށްފިއެވެ.

ވޯޓުލާ މަރުކަޒުތަކަށް ވަނުމަށް ވީލްޗެއާ ބޭނުންކުރާ ފަރާތްތަކަށް ބޮޑެތި އުނދަގޫތަކާ ކުރިމަތިލާންޖެހުނުކަން މިދިޔަ އިންތިހާބުތަކުގައި ފާހަގަކޮށްފައިވާ ކަމަށާއި އެތަންތަނުގައި ރޭމްޕް ނެތުމުގެ ސަބަބުން ވަދެނިކުމެ އުޅުމަށް ދިމާވާ ދަތިތައް ހުރިކަން އެޗްއާރުސީއެމްއިން ފާހަގަކުރެއެވެ. 

މިކަމަށް ހައްލެއް ހޯދުމަށް ސާވޭއެއް ކުރުމަށްފަހު އިލެކްޝަންސް ކޮމިޝަނަށް އެކަން ހިއްސާކޮށްފައިވާ ކަމަށާއި އެއަށްފަހު އައި އިންތިހާބުތަކުގައި އެކަން ރަނގަޅުވަމުން އައިސްފައިވާކަން ފާހަގަކުރެވިފައިވާ ކަމަށް އެޗްއާރުސީއެމްއިން ބުންޏެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް