އެ އިދާރާއިން ބުނީ މިއަދު މެންދުރު 14:00 އިން ފެށިގެން އިރު އޮއްސި 06:00 ޖެހުމާއި ދޭތެރޭ މުޅި ރާއްޖެއަށް އުދަ އަރާނެކަމަށް ބެލެވޭކަމަށެވެ.
މެޓް އޮފީހުން ބުނީ މިއަދުން ފެށިގެން އަންނަ ހޯމަދުވަހުގެ ނިޔަލަށޤ ރާއްޖެ ސަރަައްދަށް ވަރަށް މޫސުން ގޯސްކަމަށެވެ. އެގޮތުން ހުޅަނގު މޫސުމުގެ ބާރުގަދަވެ، ވައި ބާރުވެ ކަނޑުތައް ގަދަވެ އަދި ބޮޑު ބަޔަކަށް ވިއްސާރަކުރާނެކަމަށް ބެލެވޭކަމަށެވެ.
ވައިގަދަވާއިރު ވިލާ ގަނޑުގައި އިތުރަށް ގަދަވާނެކަމަށާއި ކަނޑުތަކުގެ އިތުރުން ކަނޑު އޮޅިތައް ގަދަވެފައި ވިލާގަނޑު އިތުރަށް ގަދަވާނެކަމަށްވެސް މޫސުމާއި ބެހޭ ގައުމީ އިދާރާއިން ވަނީ ބުނެފައެވެ.