ads
ފުވައްމުލަކުގައި ފެން ބޮޑުވެފައި
ފުވައްމުލަކަށް ކުރަމުންދާ ވިއްސާރާއިގައި ތިން ގެއަކަށް ގެއްލުންތަކެއް ލިބިއްޖެ
ރާޢްޖެއަށް ކުރަމުންދާ ވިއްސާރައިގައި ފުވައްމުލައް ސިޓީގެ ތިން ގޭބީސީއެއްގައި ދިރިއުޅެމުންދާ ފަރާތްތަކެއް ކައިބޮއި ހެދުމުގައި ދަތިތަކެއް ކުރިމަތިވެފައިވާ ކަމުގެ މައުލޫމާތު އެ ސިޓީގެ ސަމާލުކަމަށް އައިސްފައިވާ ކަމަށް ޑެޕިއުޓީ މޭޔަރ މުހައްމަދު ލިރާރު ވިދާޅުވެއްޖެއެވެ.
ރާޢްޖެއަށް ކުރަމުންދާ ވިއްސާރައިގައި ފުވައްމުލަކުގެ ތިން ގެއެއްގައި ދިރިއުޅެމުންދާ މީހުންނަށް ކައިބޮއި ހެދުމުގައި ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށް ފުވައްމުލަކުގެ ޑެޕިއުޓީ މޭޔަރު މުހައްމަދު ލިރާރު ވިދާޅުވެއްޖެ އެވެ.

ރާއްޖެއަށް މިހާރު ކުރަމުންދާ ވިއްސާރައިގައި ފުވައްމުލަކުގެ މަގުތަކުގައި ފެންބޮޑުވެ އެ ރަށުގެ ދަޑިމަގު އަވަށުގެ ބައެއް ގެތަކަށް ވަނީ ފެން ވަދެ އެވެ. އަދި އެންއެންޑީއެފްގެ ސަދަން އޭރިޔާގެ ސިފައިން މިހާރު ގެންދަނީ ފެން ހިންދުމުގެ މަސައްކަތް ކުރަމުންނެވެ.

ސީއެންއެމް އަށް މިއަދު މައުލޫމާތު ދެއްވަމުން ލިރާރު ވިދާޅުވީ ފެންވަދެފައިވާ ގެތަކުގައި ވެލި ބަސްތާ ޖެހުމުގެ މަސައްކަތް ކުރިއަށްދާ ކަމަށެވެ. އަދި ޕަންޕް ބޭނުންކޮށްގެން ފެން ހިންދުމުގެ މަަސައްކަތް ފުވައްމުލަކު ކައުންސިލާއި އެންއެންޑީއެފް އާއި ގުޅިގެން ކުރިއަށްދާ ކަމަށްވެސް ވިދާޅުވި އެވެ.

ލިރާރު ވިދާޅުވީ ފެން ވަދެފައިވަނީ ހަތް ގެއަކަށް ކަމަށާއި ބައެއް ގެތަކުގައި އެއް ފޫޓަށް ފެން ހެދިފައިވާ ކަމަށެވެ. ފެންވަދެގެން މީހަކަށް އަނިޔާވި ކަމުގެ އެއްވެސް މައުލޫމާތެއް އަދި މިހާތަނަށް ލިބިފައި ނުވާ ކަމަށާއި ނަމަވެސް ކައްކާ ކެއުމުގައި ތިން ގެއެއްގެ މީހުންނަށް ދަތިތަކެއް ކުރިމަތިވެފައިވާ ކަމަށްވެސް ލިރާރު ވަނީ މައުލޫމާތު ދެއްވާފަ އެވެ.

މޫސުން ގޯސްވެ ލިބޭ ގެއްލުންތައް ކުޑަކުރުމަށް އަމިއްލަ ފަރުދީ ޒިންމާ ނެގުމަށް އިލްތިމާސް ކުރައްވަމުން ލިރާރު ވިދާޅުވީ ކުރިއާއި އަޅާބަލާއިރު މޫސުމީ ބަދަލުތަކަށް ކުރިއަށް ވުރެ ބޮޑަށް ރައްޔިތުން މިހާރު ހޭލުންތެރިވެފައިވާ ކަމަށެވެ. އަދި ވިއްސާރައިން ލިބޭ ގެއްލުންތައް މޮނީޓާ ކުރުމުގައި ސިޓީ ކައުންސިލްގެ ބޭފުޅުން ހަރަކާތްތެރިވަމުންދާ ކަމަށްވެސް ލިރާރު ވަނީ ވިދާޅުވެފަ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް