ads
ދަރުމަވަންތަ ހޮސްޕިޓަލުގައި ހުޅުވި ހަކުރު ބަލީގެ ސެންޓަރު-- ފޮޓޯ: އައިޖީއެމްއެޗް
ހަކުރު ބައްޔަށް ހާއްސަ ސެންޓަރު ދަރުމަވަންތަ ހޮސްޕިޓަލުގައި ހުޅުވައިފި
ހަކުރު ބައްޔާ ގުޅޭ ހިދުމަތްތައް ދިނުމަށް ހާއްސަ "ނޭޝަނަލް ޑައިބެޓީސް ސެންޓަރު" ދަރުމަވަންތަ ހޮސްޕިޓަލުގައި ހުޅުވައިފި އެވެ.

އިންދިރާ ގާންދީ މެމޯރިއަލް ހޮސްޕިޓަލް (އައިޖީއެމްއެޗް) އިން ބުނީ ދަރުމަވަންތަ ހޮސްޕިޓަލުގެ ތިންވަނަ ބުރީގައި ހުޅުވި ސެންޓަރުން ހަކުރު ބައްޔާ ގުޅުން ހުރި ހުރިހާ ހިދުމަތެއް ލިބޭނެ ކަމަށެވެ. 

އެގޮތުން ޑޮކްޓަރަށް ދެއްކުމާއި، ޓެސްޓުތައް ހެދުމާއި، ޑަޔެޓީޝަނުންގެ ލަފާ ހޯދުން ފަދަ ހިދުމަތްތައް އެ ސެންޓަރުން ލިބިގެން ދާނެ އެވެ. އެ ސެންޓަރުން ޓެލެމެޑިސިން ތައާރަފް ކުރަން ވެސް ވަނީ ނިންމާފަ އެވެ.

ޓެލެމެޑިސިން ތައާރަފް ކުރުމުގެ ބޭނުމަކީ ރަށްރަށުގައި ތިބި ހަކުރު ބަލީގެ މީހުން މާލެ އައުމުގެ ބަދަލުގައި ރަށުގައި ތިބެގެން ޑޮކްޓަރަށް ދެއްކޭނެ ގޮތް މަގުފަހިކުރުން ކަމަށް އައިޖީއެމްއެޗުން ބުނެ އެވެ. 

އޭގެ އިތުރުން ހަކުރު ބައްޔަށް ސްކްރީން ކުރުމާއި ތަމްރީން ޕްރޮގްރާމުތަކާއި ދިރާސާ އަދި ހޭލުންތެރިކަމުގެ ޕްރޮގްރާމުތައް ވެސް އެ ސެންޓަރު މެދުވެރިކޮށް ކުރިއަށް ގެންދާނެ އެވެ.

ހަކުރު ބަލީގެ މީހުންނަށް ފޯރުކޮށްދޭ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރުމަކީ މި ސަރުކާރުގެ ވައުދެކެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް