ސިވިލް ސާވިސް ކޮމިޝަނުން (ސީއެސްސީ) އިން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ފަޔާޒާ ގުޅޭ ގޮތުން އެ ކޮމިޝަނަށް ހުށަހަޅާފައިވާ މައްސަލަތަކެއް ތަހުގީގުކުރުމަށް ސިވިލް ސާވިސް ގަވާއިދުގެ 258 ވަނަ މާއްދާގެ (ނ) ގެ 1 ވަނަ މާއްދާގެ ދަށުން ފަޔާޒު 30 ދުވަހަށް އޮފީހަށް ނިކުތުން ވަނީ މަނާކުރާ ކަމަށެވެ.
މުސާރަ ލިބޭ ގޮތަށް 30 ދުވަހަށް އޭނާ ސަސްޕެންޑްކުރިއިރު އެ މައްސަލަތަކަކީ ތަހުގީގުކުރެވެމުންދާ މައްސަލަތަކެއް ކަމުން ސަސްޕެންޑްކުރި ސަބަބު ހާމަނުކުރެވޭނެ ކަމަށް ސީއެސްސީން ބުނެ އެވެ.