ލެވަންޑޮސްކީ، ޔޫރަޕުގެ މޮޅު ކުޅުންތެރިޔާގެ މޮޅު ކުޅުންތެރިޔާގެ މަގާމު ހޯދުން ވެގެން ދާނީ ވޭތިވެ ދިޔަ ފަނަރަވަރަކަށް އަހަރު އެ އެވޯޑް ކޮންޓްރޯލް ކުރަމުން ދިޔަ ރޮނާލްޑޯއާއި މެސީ ނޫން އެހެން ކުޅުންތެރިއަކު މި އެވޯޑް ހޯދާ ތިންވަނަ ފަހަރަށެވެ. މީގެ ދެ އަހަރު ކުރިން ކްރޮއޭޝިއާ ލޫކަ މޮޑްރިޗް މި އެވޯޑް ހޯދިއިރު، މިދިޔަ އަހަރު އެވޯޑް ހޯދީ ނެދަލެންޑްސް ވާޖިލް ވެން ޑައިކެވެ.
ޔޫރަޕުގެ މޮޅު ކުޅުންތެރިޔާ މަގާމު ލެވަންޑޮސްކީ ހޯދީ 477 ޕޮއިންޓުންނެވެ. ދެ ވަނަ އަށް ދިޔަ ޑިބްރޭނާ އަށް ލިބުނީ 90 ޕޮއިންޓެވެ. އަދި ނޯޔާއަށް ލިބުނީ 66 ޕޮއިންޓެވެ. އެކު އެވެ.