ޖޫން މަހުގެ 14 ވަނަ ދުވަހު ސުޝާންތު މަރުވެފައި ހުއްޓާ ފެނުނުއިރު ރިޕޯޓްތައް ބުނާ ގޮތުގައި 13 ވަަނަ ދުވަހު ރިއާ އާއި އޭނާ ދިމާވި އެވެ. އަދި ދެ މީހުންގެ މެދުގައި މައްސަލަތަކެއް ޖެހިގެން އުޅުން ކަމަށް ބުނެ އެވެ.
އެކަމަކު އެ ވާހަކަތައް ސިދާތު މިވަނީ ދޮގުކޮށްފަ އެވެ. ޓައިމްސް ނައުއަށް ދިން އިންޓަވިއުއެއްގައި ސިދާތު ބުނީ ޖޫން އަށް ވަނަ ދުވަހުގެ ފަހުން ސުޝާންތު އުޅޭ ގެއަށް ރިއާ ނުދާ ކަމަށެވެ. އަދި ފަހުން ރިއާ ވަނީ އެމީހުންގެ މެދުގައި ވާހަކަ ދެކެވުން ހުއްޓާލުމަށް ވަޓްސްއެޕުން ސުޝާންތު ބްލޮކްކޮށްފައި ކަމަށެވެ.
ސުޝާންތުގެ މަރުގެ މައްސަލަ ތަހުގީގުކުރަމުން އަންނައިރު އެ މައްސަލައިގެ ތެރެއިން ފެންމަތިވި ޑްރަގުގެ މައްސަލައަކާއި ގުޅިގެން ރިއާ ހުރީ ހައްޔަރުގަ އެވެ. އަދި ރިއާގެ ކޮއްކޮގެ އިތުރުން ވެސް ގިނަ ބަޔަކު ހައްޔަރުގައި ތިބިއިރު އެ މައްސަލައިގެ ތެރެއިން ދީޕިކާ ޕަޑުކޯނާއި ޝްރައްދާ ކަޕޫރު އަދި ސާރާ އަލީ ހާން އާއި ރަކުލް ޕްރީތު ސިންގްގެ ނަން ހިލިގެންދިޔަ އެވެ.
އެ ތަރިންނާއި ނާކޮޓިކް ކޮންޓްރޯލް ބިއުރޯ އިން ވަނީ ސުވާލުކޮށް ބަޔާން ނަގާފަ އެވެ.