ads
ދިރާގު "މާ ރަނގަޅު" ކެމްޕޭނުގެ ޕޯސްޓަރެއް--
އަގުހުރި އިނާމުތަކެއް ލިބޭ ސޯޝަލް މީޑިއާ ކެމްޕޭނެއް ދިރާގުން ފަށައިފި
ދިރާގަށް 32 އަހަރު ފުރުމާ ގުޅިގެން އަގުހުރި އިނާމުތަކެއް ލިބޭ ކެމްޕޭނެއް ސޯޝަލް މީޑިއާގައި ފަށައިފި އެވެ.

"މާރަނގަޅު" ނަމުގައި ފެށި މި ކެމްޕެއިނުގައި ފޭސްބުކް، އިންސްޓާގްރާމް އަދި ޓުވިޓާ ގައި MaaRangalhu# މި ހޭޝްޓެގް ޖެހުމަށް ފަހު ދިރާގާއެކު ހޭދަވި އެންމެ އުފާވެރި ހިނދުކޮޅުތަކުގެ ފޮޓޯ ނުވަތަ ވީޑިއޯ ޝެއާ ކުރަން ޖެހެ އެވެ. 

އެ ކެމްޕޭނުގައި ބައިވެރިވާ ފަރާތްތަކުގެ ތެރެއިން ނަސީބުވެރި ތިން ފަރާތެއް ގުރުއަތުން ހޮވާނެ އެވެ. ފުރަތަމަ ހޮވޭ ފަރާތަކަށް ސެމްސަންގް ގެލެކްސީ ނޯޓް 20 5ޖީ ފޯނަކާއި، ސެމްސަންގް 64ޖީބީ ސެޑީ ކާޓަކާއި، ސެމްސަންގް ވަޔާލެސް ޗާޖަރަކާއި ސެމްސަންގް ގެލެކްސީ ބަޑްސް+ ލިބޭނެ އެވެ. 

ދެވަނައަށް ހޮވޭ ފަރާތަކަށް އެޕަލް އެއާ ޕޮޑްސް ޕްރޯ އަދި ތިންވަނަ އަށް ހޮވޭ ފަރާތަކަށް އެމޭޒަން އެކޯ ޑޮޓް (3 ގެން) ދިނުމަށް ވަނީ ހަމަޖައްސާފަ އެވެ. 

ދިރާގުން ބުނީ އެ ޕްރޮމޯޝަން ކުރިއަށް ދާނީ އޮކްޓޯބަރު 14 ވަނަ ދުވަހުގެ ރޭގަނޑު 11:59 އާ ހަމައަށް ކަމަށެވެ. 

މިދިޔަ ބުރާސްފަތި ދުވަހަށް ދިރާގަށް 32 އަހަރު ފުރިފައި ވާއިރު އެ މުއްދަތުގެ ތެރޭގައި އެ ކުންފުނިން ވަނީ ދިވެހިންގެ ދިރިއުޅުމަށް އިންގިލާބީ ބަދަލުތަކެއް ގެނެސްދީފަ އެވެ. 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް