ads
މިސްޓީ މުކަރްޖީ--
ކިޑްނީ ފެއިލްވެ އެކްޓްރެސް މިސްޓީ މަރުވެއްޖެ
ކިޑްނީ ފެއިލްވުމުގެ ސަބަބުން އެކްޓްރެސް މިސްޓީ މުކަރްޖީ އުމުރުން 27 އަހަރުގައި މަރުވެއްޖެ އެވެ.

މިސްޓީ ބޮލީވުޑަށް ތައާރަފްވެފައި ވަނީ 2013 ވަނަ އަހަރުގެ ފިލްމު "މޭ ކްރިޝްނާ ހޫ" އިންނެވެ.

ކިޑްނީގެ ބައްޔަކަށް ފަރުވާ ކުރަމުން ދަނިކޮށް މިދިޔަ ހުކުރު ދުވަހު އޭނާ މަރުވެފައި ވަނީ ބެންގަލޫރު ގައެވެ.

މަރުވިއިރު މިސްޓީގެ ބައްޕަ އާއި ބޭބެ ދުނިޔޭގައި އެބަ ތިއްބެވެ. 

"މޭ ކްރިޝްނާ ހޫ" އިން ބޮލީވުޑަށް ތައާރަފްވުމަށް ފަހު މިސްޓީ ވަނީ ރާކޭޝް މެހްތާ ޑައިރެކްޓު ކުރި "ލައިފް ކީ ތޯ ލަގް ގަޔީ" އިން ވެސް ފެނިގެން ގޮސްފަ އެވެ.

އޭގެ އިތުރުން މިއުޒިކް ވީޑިއޯތަކުން ވެސް މިސްޓީ ފެނިގެން ގޮސްފައި ވެއެވެ. 

0%
ކަމުގޮސްފި
67%
އަޑުއެހިތާ މިހުރީ
33%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް