ads
ސީޕީ ހަމީދު-- ފޮޓޯ: ރާއްޖެއެމްވީ
80 ކިލޯގެ މަސްތުވާތަކެތި އަތުލައިގަތީ ހަމައެކަނި ދިވެހި ފުލުހުންގެ މަސައްކަތުން: ސީޕީ ހަމީދު
އިއްޔެ އައްޑޫގައި ހިންގި އޮޕަރޭޝަނުގައި ބޭރުގެ ބޮޑު ޑްރަގް ނެޓްވޯކެއް ހުއްޓުވާ، 80 ކިލޯގެ މަސްތުވާތަކެތި އަތުލައިގަތީ ހަމައެކަނި ދިވެހި ފުލުހުންގެ މަސައްކަތުން ކަމަށް ޕޮލިސް ކޮމިޝަނަރު މުހައްމަދު ހަމީދު ވިދާޅުވެއްޖެ އެވެ.

ގާތްގަނޑަކަށް 130 މިލިއަން ޑޮލަރުގެ މި ތަކެތި އިއްޔެ އަތުލައިގަތްއިރު، ބޭރުގެ ބައެއް ނޫސްތަކުން ބުނެފައި ވަނީ ދިވެހި ފުލުހުން އޮޕަރޭޝަން ހިންގީ ޕާކިސްތާނުގެ ޑްރަގް އިންޓެލިޖެންސުން ދިން މައުލޫމާތާ ގުޅިގެން ކަމަށެވެ.

ނަމަވެސް ހަމީދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ "މިއީ ހަމައެކަނި ދިވެހި ފުލުހުންގެ އިންޓެލިޖެންސާއި މަސައްކަތުން" އަތުލައިގަތް މަސްތުވާތަކެތި ކަމަށެވެ.

އިއްޔެ ހިންގި އޮޕަރޭޝަނާ ގުޅޭ ތަފްސީލް އަދި ހާމަކޮށްފައި ނުވާއިރު، އެ އޮޕަރޭޝަނާ ގުޅިގެން މިއަދު ހުޅުމާލޭގައި ވެސް ފުލުހުން ބައެއް ތަންތަން ބަލާ ފާސްކުރަމުންދާ ކަމަށް ވެއެވެ.

އެނގިފައިވާ ގޮތުގައި އިއްޔެގެ އޮޕަރޭޝަނުގައި އައްޑޫގައި މަސްތުވާތަކެތީގެ ވިޔަފާރި ކުރުމުގައި އިސްކޮށް އުޅޭ ކަމަށް ފުލުހުން ކުރިން ތުހުމުތުކޮށްފައިވާ އިބްރާހިމް ރަޝީދު (އަބުޗާ) އާއި އިތުރު ބަޔަކު ވަނީ ހައްޔަރުކޮށްފަ އެވެ.

75%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
25%
ވަރަށް ސަލާމް
ކޮމެންޓްސް