ads
ޕްލޭނިން އެންޑް ހައުސިން މިނިސްޓަރު އަސްލަމް--
މާވަށު ބިން ހިއްކުމާއި ގުޅޭގޮތުން މިނިސްޓަރު އަސްލަމާ ސުވާލުކުރަނީ
މާވަށު ބިން ހިއްކުމާއި ގުޅޭގޮތުން މިނިސްޓަރު މުހައްމަދު އަސްލަމާއި ސުވާލު ކުރުން މާދަމާގެ މަޖިލީހަށް ތާވަލުކޮށްފި އެވެ.

މިނިސްޓަރު އަސްލަމާއި ސުވާލުކުރުމަށް ހަމަޖެހިފައިވަނީ މާވަށު ދާއިރާގެ މެމްބަރު މުހައްމަދު ސައީދު  އެވެ. 

އެގޮތުން މާވަށަށް އުދައަރާ ސަރަހައްދު ހިމޔަތްކުރުމުގެ މަސައްކަތް ފެށޭނީ ކިހާ ހިސާބެއް ގައިތޯ މިނިސްޓަރު އަސްލަމާއި ސުވާލު ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. އަދި މާވަށު ބިން ހިއްކުމަށްޓަކައި ކުރަންޖެހޭ ސާވޭ ނިމި ކުރެހުންތަކަށް ކައުންސިލުން ރުހުން ވެސް ލިބިފައިވާތީ އެ ރަށު ބިން ހިއްކުމުގެ މަސައްކަތް ފެށޭނެ ދުވަހަކާއި ގުޅޭގޮތުންވެސް މިނިސްޓަރު އަސްލަމާއި ސުވާލުކުރުމަށް ވަނީ ހަމަޖެހިފައެވެ. 

މީގެ އިތުރުން މާދަމާގެ މަޖިލީހަށް ވަނީ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް)އަށް އަދި ނޭޝަނަލް އިންޓެގްރިޓީ ކޮމިޝަން (އެންއައިސީ)އަށް މެމްބަރުން އައްޔަނު ކުރުމުގެ މަސައްކަތް ތާވަލުކޮށްފަ އެވެ. އަދި ގާނޫނުލްއުގޫބާތަށް ހުށަހަޅާފައިވާ އިސްލާހާއި އެންޓި ކޮރަޕްޝަން ކޮމިޝަންގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަށް ބަހުސްކުރުމަށް ވެސް ތާވަލުކޮށްފައިވެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް