ads
ބޫމީ
ބޫމީއާ ކައިވެނިކުރަން ސަޕޯޓަރަކު އެދިއްޖެ
ބަތަލާ ބޫމީ ފެޑްނެކާރަށް މިދިޔަ ހުކުރު ދުވަހު ސޯޝަލް މީޑިއާގައި ބޮޑު ސަމާލުކަމެއް ލިބިގެންދިޔައީ ސަޕޯޓަރަކު އޭނާއަށް ކައިވެނި ހުށަހެޅުމުންނެވެ. އަދި ބޫމީ ވަނީ އޭނާއަށް ޖަވާބެއް ވެސް ދީފަ އެވެ.
Advertisement
ބަތަލާ ބޫމީ ފެޑްނެކާރަށް މިދިޔަ ހުކުރު ދުވަހު ސޯޝަލް މީޑިއާގައި ބޮޑު ސަމާލުކަމެއް ލިބިގެން ދިޔައީ ސަޕޯޓަރަކު އޭނާއަށް ކައިވެނި ހުށަހެޅުމުންނެވެ. އަދި ބޫމީ ވަނީ އޭނާއަށް ޖަވާބެއް ވެސް ދީފަ އެވެ.

އެގޮތުން ސަޕޯޓަރަކު ވަނީ އެންމެ ދުވަހެއް ވެސް ބޫމީގެ ފޮޓޯއަކަށް ބަލައި ނުލާ ދުވަހެއް ނުދާނެ ކަމަށާއި ބޫމީއަކީ އާދައިގެ އަންހެން ކުއްޖެއް ނަމައޭ ހިތައް އަރާ ކަމަށެވެ. ސަބަބަކީ ކިތަންމެ ލޯތްބެއްވީ ނަމަވެސް ތަރިން އާދައިގެ މީހަކަށް ލިބުމުގެ ނަސީބުގައި ނޯންނާތީ ކަމަށެވެ.

މިޕޯސްޓަށް ބޫމީ ވަނީ ޖަވާބެއް ވެސް ދީފަ އެެވެ. އެގޮތުން ބުނީ ތަރިއެއް ވިޔަސް އަދި އާދައިގެ މީހެއް ނަމަވެސް ކައިވެނި ކުރުމުގެ ޗާންސް އަދި ކުޑަ ކަމަށެވެ. އެގޮތުން ފިލްމުތަކުން އޭނާ ފެންނާނެ ކަމަށައި ހަނދާންކޮށް ދެރަވާން ފުރުސަތު ނުދޭނެ ކަމަށްވެސް ބޫމީ ބުންޏެވެ.

އެއާއެކު ގިނަ ބަޔަކު ވަނީ ބޫމީއަށް ތައުރީފުކޮށް ކޮމެންޓްކުރަން ފަށާފަ އެވެ. އަދި ތަރިން ފޮނިކަމުން ސަޕޯޓަރުންގެ އެފަދަ ކޮމެންޓްތަކަށް އާންމުކޮށް ޖަވާބު ނުދިން ނަމަވެސް ބޫމީ ފަދަ ތަރިން މިސާލަކަށް ނެގުމަށް ވެސް މީހުން ދިޔައީ ބުނަމުންނެވެ.

އުމުރުން 30 އަހަރުގެ ބޫމީ މިވަގުތު އުޅެމުން އަންނަނީ އޭނާގެ ކުރިއަށް އޮތް ފިލްމުގެ ޕްރޮމޯޝަނުގައި އަވަދި ނެތި އެވެ. އެއީ ފަތީ ޕަތްނީ އޯރް ވޯ އެވެ. އެ ފިލްމުގައި އޭނާއާއެކު ކާތިކް އާރިޔަން އާއި އަނަންޔާ ޕާންޑޭ ފެނިގެންދާނެ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް