ގާސިމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ މިހާރަކަށް އައިސް މާތްﷲ ވޮޑިގެންނުވާ ކަމަށް ބުނަމުންދާ ދިއުން އިތުރުވެފައިވާކަމަށެވެ.
އަދި ރަސޫލާއަށް ތަފާތު ގޮތް ގޮތުން ދިމާކޮށް އެކިކަހަލަ މަލާމާތް ކޮށް ފާޅުގައި ރާއްޖޭގައި ފާޑުކިޔަމުންދާ ދިއުން އެންމެ ހަރުކަށި އިބާރާތުން ކުށްވެރިކުރާ ކަމަށް ގާސިމްގެ ޓްވީޓްގައިވެ އެވެ. އަދި ގާސިމް ވަނީ އެފަދަ ފަރާތްތަކާއި މެދު ހަރުކަށި ފިޔަވަޅު އެޅުމަށް ގޮވާލާފައެވެ.
ގާސިމް މިފަދައިން ޓްވީޓްކޮށްފައި މިވަނި ނުހަނު ފަހުން މާލޭގައި މަސްތުގެ ހާލުގައި ހުރެ އިސްލާމްދީނާއި ރަސޫލަށް ފުރައްސާރަކުރި ބިދޭސީ މީހެއްގެ ވީޑިއޯ ސޯޝަލް މީޑިއާގައި އާންމުވެފައި ވަނިކޮށެވެ.