ads
ޝާހިދު ކަޕޫރު--
ޝާހިދު ކަޕޫރުގެ މުސާރަ ކުޑަކޮށްފި
ކޮވިޑް-19 އާ ގުޅިގެން ދިމާވެފައިވާ މާލީ ދަތިކަމުގެ ސަބަބުން ފިލްމު "ޖާޒީ" އަކީ ގެއްލުން ނުވާނެ ފިލްމަކަށް ހެދުމަށް ޝާހިދު ކަޕޫރުގެ މުސާރަ ކުޑަކޮށްފި އެވެ.

ޕިންކްވިލާ ނޫހުން ރިޕޯޓު ކުރާ ގޮތުގައި ޝާހިދު ކަޕޫރުގެ މުސާރައިން ވަނީ އަށް ކަރޯޑް ރުޕީޒް ކުޑަކޮށްފަ އެވެ. ކުރިން އެއްބަސްވެފައި ވަނީ 33 ކަރޯޑް ރުޕީޒް އާއެކު ފިލްމުގެ ފައިދާއިން ބައެކެވެ. 

ނަމަވެސް ކޮވިޑާ ގުޅިގެން އައިސްފައިވާ މާލީ ދަތިތަކުގެ ސަބަބުން މުސާރަ ކުޑަކުރަން ޝާހިދު އެއްބަސްވެފައިވާ ކަމަށް ވެއެވެ. އެކަމަކު ފިލްމުގެ ފައިދާއިން ބައެއް ޝާހިދަށް ދޭން ޖެހޭނެ އެވެ. 

ޝާހިދާއި މުރްނާލް ތާކޫރް ފެނިގެންދާ ފިލްމުގެ ޝޫޓިން ވަރަށް އަވަހަށް ފަށާނެ އެވެ. ގޯތަމް ތިނަނޫރީ ޑައިރެކްޓު ކުރާ މި ފިލްމަކީ ހަމަ މި ނަމުން އުފެއްދި ތެލޫގޫ ފިލްމެއްގެ ރީމޭކެވެ.

މި ފިލްމުގައި ޝާހިދު އުޅޭނީ ކްރިކެޓް ކުޅުންތެރިއެއްގެ ރޯލުގަ އެވެ. އޭނާ އެންމެ ފަހުން ފެނިފައި ވަނީ ކިއާރާ އަދްވާނީ އާއެކު "ކަބީރް ސިންގް" އިންނެވެ.

ސަންދީޕް ރެޑީ ވަންގާ ޑައިރެކްޓް ކުރި އެ ފިލްމު މިދިޔަ އަހަރުގެ ޖޫން މަހު ރިލީޒް ކުރިއިރު، އެ ފިލްމަށް ބޮކްސް އޮފީހުގައި ބޮޑު ކާމިޔާބެއް ލިބުނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް