ads
ފޮޓޯ: އެމްޓީސީސީ
ލ.މާވަށު ބަނދަރަށް ބޭނުންވާ ބޮޑުގަލުގެ ފަހު ޝިޕްމެންޓް ގެންގޮސްފި
ލ.މާވަށު ބަނދަރު ތަރައްގީ ކުރުމުގެ މަޝްރޫއުގެ ދަށުން، ބަނދަރު ތަރައްގީކުރުމަށް ބޭނުންވާ ބޮޑުގަލުގެ ފަހުޝިޕްމެންޓް ޕަރޮޖެކްޓް ސައިޓަށް ގެންގޮސްފިއެވެ.

ގާންގަނޑަކަށް 27.3 މިލިއަން ރުފިޔާ ހަރަދުވާނެކަމަށް ލަފާކޮށްފައިވާ މި މަޝްރޫއުގެ ބޮޑުބައެއް މިހާރު ނިންމާލާފައި ވާއިރު، ބަނދަރު ތަރައްގީކުރުމުގެ މަސައްކަތް 60 ދުވަހުގެ ތެރޭގައި ނިންމާލެވޭނެކަމަށް، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީން) މައުލޫމާތުދެއެވެ. 

ޕްލޭނިން މިނިސްޓްރީން 25 ސެޕްޓެމްބަރު 2019 ގައި އެމްޓީސީސީއާ ހަވާލުކޮށްގެން ކުރިއަށްގެންދާ މި މަޝްރޫއުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 7 އޭޕްރީލް 2020 ވަނަ ދުވަހުއެވެ.

މި މަޝްރޫއުގެ ދަށުން 26،885 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ބަނދަރު ފުންކުރުމާއި، 40 މީޓަރުގެ ސަރަހައްދެއްގެ ރިވެޓްމަންޓް ޖެހުން ހިމެނެ އެވެ. އަދި 550 އަކަމީޓަރުގެ ސަރަހައްދެއްގައި ޕޭވްމަންޓް ހަދައި، ބަނދަރު ބައްތި ޖެހުމުގެ އިތުރުން ރޭމްޕެއް ހެދުމުގެ މަސައްކަތް ހިމެނޭ ކަމަށް އެމްޓީސީސީއިން މައުލޫމާތު ދެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް