ads
އެމްޓީސީސީގެ އަހަރީ އާންމު ޖަލްސާގެ ތެރެއިން--
އެމްޓީސީސީގެ ޑިރެކްޓަރު ކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި
މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) ގެ އާއްމު ހިއްސާދާރުން ތަމްސީލު ކުރާ ޑިރެކްޓަރުގެ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި އެވެ.

އެމްޓީސީސީގެ ހިންގާ ގަވާއިދުގައިވާ ގޮތުގެ މަތިން މިހާރު ތިބި ހިއްސާދާރުންގެ ނިސްބަތަށް ބަލާ ޑިރެކްޓަރުންގެ ބޯޑަށް އާއްމު ހިއްސާދާރުންގެ ތެރެއިން ދެ ޑިރެކްޓަރުން ހޮވަން ޖެހެ އެވެ.

އޭގެ ތެރެއިން އެއް ޑިރެކްޓަރަކު އިންތިހާބުކޮށްފައި ވަނީ ސެޕްޓެމްބަރު 27 ގައި ބޭއްވި އެ ކުންފުނީގެ 2019 ވަނަ އަހަރުގެ އަހަރީ އާއްމު ޖަލްސާގަ އެވެ. 

އިތުރު ޑިރެކްޓަރަކު އިންތިހާބު ކުރަން ހާއްސަ ގޮތުން ބާއްވާ އާއްމު ޖަލްސާއެއް ތާވަލުކުރަން ވަނީ ނިންމާފަ އެވެ. ނަމަވެސް އެ ޖަލްސާ އޮންނާނެ ތާރީހެއް އިއުލާނެއް ނުކުރ އެވެ.

އާއްމު ހިއްސާދާރުން ތަމްސީލު ކުރާ ޑިރެކްޓަރުގެ މަގާމަށް ކުރިމަތިލެވޭނީ އެމްޓީސީސީގެ ހިންގާ ގަވާއިދުގެ 73 ވަނަ މާއްދާގައިވާ ޝަރުތު ފުރިހަމަވާ ފަރާތްތަކަށެވެ.

އޭގެ އިތުރުން އެ މަގާމަށް ކުރިމަތިލާ ފަރާތަކީ ކެޕިޓަލް މާކެޓް ޑިވެލޮޕްމަންޓް އޮތޯރިޓީގެ ކޯޕަރޭޓް ގަވަނަންސް ކޯޑުގައި ބުނާ "ފިޓް އެންޑް ޕްރޮޕަ މިންގަނޑުތަކުގެ ގައިޑްލައިން" އަށް ފެތޭ މީހަކަށް ވާން ޖެހެ އެވެ.

އެ މަގާމަށް ޝައުގުވެރިވާ ފަރާތްތަކުން "އެމްޓީސީސީގެ އާއްމު ހިއްސާދާރުންގެ ފަރާތުން އެމްޓީސީސީގެ ބޯޑު ޑިރެކްޓަރު ކަމަށް ކުރިމަތިލުމަށް އެދި ހުށަހަޅާ ފޯމު" ފުރަން ޖެހޭނެ އެވެ. 

އެ ފޯމު ފުރުމަށް ފަހު މި އޮކްޓޯބަރު މަހުގެ 26 ގެ ކުރިން އީމެއިލް ކުރަން ޖެހެނީ އެމްޓީސީސީގެ ކޮމްޕެނީ ސެކެޓްރީ އަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް