ads
އަރުޝަދު ސައި ތައްޔާރު ކުރަނީ--
އަރުޝަދުގެ ކެފޭ ޗައި ވާލާ އިސްލާމްއާބާދުގައި ހުޅުވައިފި
ޗައި ވާލާގެ ނަމުން މަޝްހޫރުވި ޕާކިސްތާނުގެ އަރުޝަދު ހާނު އަމިއްލަ ކެފޭއެއް ހުޅުވައިފި އެވެ.

"ކެފޭ ޗައި ވާލާ" ގެ ނަން އެ ތަނަށް ދީފައި ވާއިރު، އެ ކެފޭ ހުޅުވާފައި ވަނީ އިސްލާމްއާބާދުގަ އެވެ. 

އުރުދޫ ނިއުސް އަށް ދިން އިންޓަވިއު އެއްގައި އަރުޝަދު ބުނީ އެ ކެފޭގެ ނަން "އަރުޝަދު ހާން" އަށް ބަދަލު ކުރުމަށް ވަރަށް ގިނަ ބަޔަކު އެދުނު ކަމަށެވެ.

އެކަމަކު "ޗައި ވާލާ" އަކީ އޭނާގެ އައިޑެންޓިޓީއަށް ވެފައި ވާއިރު، އެތަނަށް އެންމެ އެކަށީގެންވާ ނަމަކީ އެއީ ކަމުގައި އަރުޝަދު ބުންޏެވެ.

ކެފޭ ޗައި ވާލާގައި ފެނިގެން ދަނީ ޕާކިސްތާނުގެ ސަގާފީ އަދި އިހުގެ ގޮތްތަކެކެވެ. އެކި ބާވަތުގެ ސައިގެ އިތުރުން މެނިއުގައި މިހާރު ވެސް 20-15 ބާވަތް ހިމެނެ އެވެ. 

އަރުޝަދު ބުނެފައި ވަނީ އެ ކެފޭއަކީ އޭނާގެ ނަމާ ގުޅިފައިވާ ތަނަކަށް ވުމުން އެތަނަށްޓަކައި ގިނަ ވަގުތުތަކެއް ހޭދަކުރަމުންދާ ކަމަށެވެ.

އޭގެ އިތުރުން އެކްޓިންގެ މަސައްކަތްތައް ވެސް އޭނާ ދަނީ ކުރަމުންނެވެ. 

އުރުދޫ ނިއުސްގެ އިންޓަވިއުގައި އަރްޝަދު އިތުރަށް ބުނީ ދިރިއުޅުމުގައި ކާމިޔާބުވަމުން ދިޔަ ނަމަވެސް ބޭނުންވި މިންވަރަށް ތައުލީމު ނުލިބުމުން ހިތާމަ ކުރާ ކަމަށެވެ.

އޭނާ ދެން އަމާޒު ކުރާނީ ފަގީރު ކުދިންނަށް ފަސޭހައިން ތައުލީމު ލިބޭނެ ގޮތް މަގުފަހިކޮށްދޭނެ ޖަމިއްޔާއެއް އުފައްދަން ކަމަށް އަރުޝަދު ވަނީ ބުނެފަ އެވެ. 

ޗައި ވާލާގެ ނަމުން އަރުޝަދު މަޝްހޫރުވެފައި ވަނީ އޭނާގެ ސްޓޯލުގައި ސައި ތައްޔާރު ކުރަން ހުއްޓާ ނެގި ފޮޓޯއެއް އިންސްޓަގްރާމުގައި ޕޯސްޓު ކުރުމުންނެވެ.

ނޫ ކުލައިގެ ލޮލެއް ލިބިފައިވާ އަރުޝަދުގެ ފޮޓޯތައް ވައިރަލްވެ، އޭނާގެ މަޝްހޫރުކަން އިތުރުވި އެވެ. އެއާއެކު މޮޑެލް ކުރުމާއި ފިލްމު ކުޅުމުގެ ފުރުސަތުތައް އޭނާއަށް ލިބެން ފެށި އެވެ.

މިހާރު އުމުރުން 22 އަހަރުގެ އަރުޝަދު މަޝްހޫރުވެފައި ވަނީ 2016 ވަނަ އަހަރުގެ ތެރޭގަ އެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް