އެކަމާއި ގުޅިގެން އޭނާ ކޮށްފައިވާ އިންސްޓަގްރާމް ޕޯސްޓެއްގައި ވަނީ އޭނާ ދުނިޔޭގައި ގަދަވެ ސަލާމަތުން ހުރިކަން އިއުލާން ކޮށްފަ އެވެ.
ކިޑްނީ ފެއިލްވެގެން މަރުވެފައިވަނީ ބޮލީވުޑްގެ ފިލްމުތަކާއި ލަވަތައް ކުޅެފައިވާ ތަރި މިޝްޓީ މުކަރްޖީ އެވެ. މީޑިއާ ރިޕޯޓްތައް ބުނާ ގޮތުން އޭނާ މަރުވީ ނެގި ކީޓޯ ޑައިޓެއްގެ ސަބަބުންނެވެ.
މަރުވި މިޝްޓީ މުކަރްޖީ ބޮލީވުޑަށް ނިކުމެފައި ވަނީ 2012 ވަނަ އަހަރު "ލައިފް ކީތޯ ލަގްގަޔީ" އިންނެވެ.
މިޝްޓީ ޗަކަރަބަތީ ބޮލީވުޑަށް ނިކުމެފައި ވަނީ 2014 ވަނަ އަހަރު "ކާންޗީ" އިންނެވެ. އަދި އެންމެ ފަހުން އޭނަ ފެނިގެންގޮސްފައި ވަނީ ކަންގަނާ އާއިއެކު ފިލްމް "މަނިކަރްނިކާ" އިންނެވެ.